ނަފްސާނީ ގޮތުން ބަލިކޮށްލައި ބަދުނާމުކުރަން މަސައްކަތްކުރި، އެކަމަކު އަޒުމެއް ނުގުޑާނެ: ހީނާ
14 ނޮވެމްބަރު 2025 - 16:18

ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ބަލިކަށިކޮށްލައި، ބަދުނާމުކުރަން ވާދަވެރިން މަސައްކަތްކުރިކަމަށާއި އަދި މިހާރުވެސް އެކަން ކުރައްވާކަމަށް ވިދާޅުވެ އެހެންނަމަވެސް އަޒުމަށް ކުޑަވެސް ފަސްޖެހުމެއް ނާންނާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ދިވެހީންރާއްޖެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ ރައީސް މުއިއްޒު ހާސިލުކުރެއްވި ކާމިޔާބީތަކާއެކު ވާދަވެރިންގެ އަމާޒަކަށްވީ ރައީސްގެ ފަހަތްޕުޅުގައި އޮތް ޓީމުގެ ބަދަހިކަން ގެއްލުވާލުމަށްކަމަށެވެ. އެގޮތުން އެކަމަނާއަށް ޓާގެޓްކޮށްވެސް ވާދަވެރިން ވަނީ ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ދައްކާފައިކަމަށް ހީނާ ވިދާޅުވިއެވެ.

Ad by Hajj Corporation
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ހިންގަން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގަން އިމާރާތެއް ހޯދި ހޯދުމާމެދު ފެތުރު ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދެއްވައި ހީނާ ވިދާޅުވީ އެ މަސައްކަތުގެ ތެރޭގައި ދައުލަތުގެ އެންމެ ލޯ ލާރިއެއްވެސް ގެއްލިފައި ނުވާނެކަމަށެވެ.
އެ މަސައްކަތް ކުރިއަށްގެންދިޔައީ ދައުލަތުގެ މާލިއްޔަތު ނިޒާމާ އެއްގޮތަށް ފިނޭންސް މިނިސްޓްރީގެ ޓެންޑަރިން ޕްރޮސެސްގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ބިޑެއްެގެ ތެރެއިން ކުރިއަށްގެންދިޔަ ކަމެއްކަމަށެވެ. އެކަމަނާއަށް ފުރައްސާރަކުރީ އަންހެނަކަށްވީތީކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ވެރިކަމާ ހަވާލުވީންސުރެ ރައީސް މުއިއްޒު ގެންދަވަނީ ވަރަށް އުނދަގޫ މައްސަލަތައް ހައްލުކުރައްވަމުންކަމަށެވެ.
އެގޮތުން އެންމެ ފަހުގެ ވަސީލަތްތަކާއެކު އައިނު ނަމްބަރު ނެގޭ ގޮތަށް، އައިޖީއެމްއެޗްގައި "އެމްސީޖީއެޗް އޮޕްޓިކަލްސް"ގެ ނަމުގައި އައިނު ފިހާރައެއް ހުޅުވާ ހިދުމަތްދޭންފެށި ރައްޔިތުން އައިނު ހައްދަން ކުރަންޖެހޭ ހަރަދު ނިމުމަކަށް ގެނައުމަށްކަމަށާއި ތެލެސީމިއާ ކުދިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި 19 ކުއްޖަކު މި 2 އަހަރުގެ ދައުރުގެ ތެރޭގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްފަހު މިހާރު ތިބީ ރިކަވަރީގައިކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި އިތުރު 10 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރުގައި ތިބިކަމަށް ވިޑާޅުވެ މީގެ ތެރޭގައި 18 އަހަރުގެ އެތައް ކުއްޖަކު ހިމެނޭކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އައިޖީއެމްއެޗުގައި ފާޓިލިޓީ ސެންޓަރު ގާއިމްކޮށް 23 މީހެއްގެ ފަރުވާ ނިމިފައިވާކަމަށް ހީނާ ވިދާޅުވިއެވެ.


