ވޯލްޓެމޭޑް ގެ ދެ ގޯލާއެކު ޖަރުމަނު ތާވަލުގެ އެއްވަނައަށް
16 ނޮވެމްބަރު 2025 - 04:03

ނިކް ވޮލްޓެމޭޑްގެ ދެ ގޯލާއެކު ޖަރުމަނު ޓީމުން ލަގްޒަމްބާގް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ، ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭގެ އެއްވަނައަށް އަރައިފިއެވެ. މި މެޗު ކުޅުނީ ހުކުރު ދުވަހު ސްޓޭޑް ޑެ ލަގްޒަމްބާގްގައެވެ.
ނިއުކާސަލް ޔުނައިޓެޑްގެ ސްޓްރައިކަރު ވަނީ މެޗުގެ ދެވަނަ ހާފުގައި ދެ ގޯލު ޖަހައިފައެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުޖެހުނުނަމަވެސް ނަމަވެސް، މެޗުގެ ބްރޭކަށް ފަހު ހަތަރު މިނެޓް ތެރޭގައި ވޯލްޓެމޭޑް ވަނީ ޖަރުމަނަށް ލީޑުނަގާދީފައެވެ. އަދި މެޗުގެ 69 ވަނަ މިނެޓްގައި ރިޑްލް ބާކޫ ދިން ބޯޅައަކުން ވޮލްޓެމޭޑް ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައި، ޖަރުމަނުގެ ލީޑު ފުޅާކޮށްފައެވެ.
މި މެޗާއެކު ޖަރުމަނުން ވަނީ ވިދިވިދިގެން ތިން މެޗުން ބައިކޮޅަށް ގޯލެއް ނުވަދެ ކްލީން ޝީޓް ހޯދާފައެވެ. މިއީ 2016 ވަނަ އަހަރުގެ ފެހުން ޖަރުމަނުގެ ޓީމުން ޖެހިޖެހިގެން ތިން މެޗުން ކްލީން ޝީޓު ހޯދި ފުރަތަމަ ފަހަރެވެ.


