logo
MPL

MPL

ކުޅިވަރު

ގްރޫޕްގެ އެއްވަނަ ހޯދައި ޖަރުމަނު ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

އަބްދުﷲ ޣާނިމް
18 ނޮވެމްބަރު 2025 - 04:45
ގްރޫޕްގެ އެއްވަނަ ހޯދައި ޖަރުމަނު ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ފީފާ ވޯލްޑްކަޕް 2026 ގެ ޖާގައެއް ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުން ރަސްމީކޮށް ހޯދައިފި އެވެ. އެގޮތުން ރޭގައި ޖަރުމަނުން ޔޫރަޕުގެ ކޮލިފިކޭޝަންގައި ސްލޮވޭކިޔާ އާއި ދެކޮޅަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ތާވަލުގެ އެއްވަނައިގައި ވޯލްޑްކަޕްގެ ޖާގައެއް ވަނީ ކަށަވަރުކޮށްފައެވެ.

ޖަރުމަނުން މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު، މެޗު ކުޅުނީ ޖަރުމަނުގެ ރެޑްބުލް އެރީނާގަ އެވެ. މެޗުގެ ލަނޑުތައް ޖަހަން ފެށީ 18 ވަނަ މިނިޓުގައި ނިކް ވޮލްޓެމޭޑް އެވެ. މި ލަނޑާއެކު އޭނާ ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ހަތަރު ލަނޑު ޖަހައި ރަނގަޅު ފޯމެއްގައި ހުރިކަން ސާބިތުކޮށްދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖަރުމަނުން ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ 29 ވަނަ މިނިޓުގައި ލިއޯން ގޮރެޓްޒްކާ ދިން ޕާހަކުން ސާޖް ނަބްރީ ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ލެރޯއި ސާނޭ ވަނީ އިތުރު ދެ ލަނޑު ޖަހާ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ. ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ރިޑްލް ބާކޫ އާއި އަސާން ވެޑާއޮގޯ ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް ޖަރުމަނަށް 6-0 ގެ ބޮޑު މޮޅެއް ހޯދައިދީފަ އެވެ.

މި ގްރޫޕްގައި ދެވަނައިގައި އޮތް ސްލޮވޭކިޔާ އަށް 12 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް އަދިވެސް ޔޫރަޕްގެ ޕްލޭއޮފް މެޗުތަކުން މޮޅުވެގެން ވޯލްޑްކަޕްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކްލޮޕް ކޯޗުކަމާހަވާލުވެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެކުޅިވަރު | މަހެއް ކުރިންގްރޫޕްގެ އެއްވަނަ ހޯދައި ޖަރުމަނު ވޯލްޑްކަޕަށް ކޮލިފައިވެއްޖެކުޅިވަރު | އަހަރެއް ކުރިންވޯލްޓެމޭޑް ގެ ދެ ގޯލާއެކު ޖަރުމަނު ތާވަލުގެ އެއްވަނައަށްކުޅިވަރު | އަހަރެއް ކުރިންއެމްބާއްޕޭގެ 50 ވަނަ ގޯލާއެކު ޖަރުމަނު ބަލިކޮށް ފްރާންސްއަށް ލޯމެޑަލްކުޅިވަރު | އަހަރެއް ކުރިން