logo
Bank of Maldives

Bank of Maldives

ޚަބަރު

އެފްއޭއެމް ހިޔާނާތް: އަގީލް ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކުރަނީ

އައިޝަތު ނަޝާ
16 ނޮވެމްބަރު 2025 - 11:11
އެފްއޭއެމް ހިޔާނާތް: އަގީލް ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކުރަނީ

އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، މުހައްމަދު އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ނިންމައިފިއެވެ.

އަގީލްގެ މައްޗަށް ދައުވާ ކުރީ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ އެކައުންޓުގައިވާ ފައިސާއިން އަމިންއަށް ފައިސާ ދެއްކުމަށް ޗެކް ތައްޔާރުކޮށްދީ އެ ޗެކު މެދުވެރިކޮށް އަމިން ކޮންސްޓްރަކްޝަނަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް ލިބިފައި ނުވަނީސް އަމިން ކޮންސްޓްރަކްޝަނުން އެފްއޭއެމަށް ޖުމްލަ 15 މިލިއަން ރުފިޔާ ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކޮށްފައިވާތީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެފްއޭއެމްގެ ފައިސާ ބޭނުންކޮށް އަމިން އެވެނިއު އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާ ކުރުމަށް ބައްސާމަށް އެހީތެރިވެދީފައިވަނީ އަގީލް ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލައިގައި އަގީލްގެ މައްޗަށް ކުރީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް އަގީލް ހާޒިރުވެފައެއް ނުވެއެވެ.އެހެންކަމަުން އަގީލް ހާޒިރު ނުވާތީ، ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން މާދަމާއަށް ވަނީ ރީޝެޑިއުލް ކޮށްްފައެވެ.

އަގީލް ވަނީ މީގެ ކުރިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްސަލައިގައި ހެކިބަސް ދީފައެވެ. ޝަރީއަތުގައި ހެކިބަސް ދެމުން އަގީލް ވަނީ މަހަކު 5،000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ނެންގެވި ކަމަށް ކުރިން ބުނެފައެވެ.

އެފްއޭއެމްގެ އިސްވެރިން ވަނީ އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅަ ލާމަރުކަޒީކުރަން އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ހަތަރު ރަށެއްގައި ގާއިމުކުރަނީކުޅިވަރު | 5 ދުވަސް ކުރިންސެންޓުރަލް ރީޖަން ލީގު ޒޯން އެކެއްގެ ޗެމްޕިއަންކަން މަޝްހޫރު ހުރާ އަށްކުޅިވަރު | 4 މަސް ކުރިންއަހަރުތަކަކަށްފަހު އެފްއޭ ކަޕް މިއަދު ފަށަނީކުޅިވަރު | 5 މަސް ކުރިން20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މެންދުރު ޓީވީން ދައްކާނެކުޅިވަރު | 6 މަސް ކުރިން