logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހާލަންޑްގެ ދެގޯލާއެކު ވަރުގަދަ އިޓަލީ ބަލިކޮށް ނޯވޭ އެއްވަނައިގައި ވޯލްޑްކަޕަށް

އަބްދުﷲ ޣާނިމް
17 ނޮވެމްބަރު 2025 - 05:37
ހާލަންޑްގެ ދެގޯލާއެކު ވަރުގަދަ އިޓަލީ ބަލިކޮށް ނޯވޭ އެއްވަނައިގައި ވޯލްޑްކަޕަށް

އާލިން ހާލަންޑް ދެވަނަ ހާފުގައި ޖެހި ދެ ގޯލާއެކު، ނޯވޭ ޓީމުން އިޓަލީގެ މައްޗަށް 4-1 ގެ ބޮޑު މޮޅެއް ހޯދައި، 2026 ވަނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެއެވެ. މި މެޗު ކުޅުނީ އިޓަލީގެ ސަން ސީރޯ ސްޓޭޑިއަމްގައެވެ. ނޯވޭއިން ވަނީ ކޮލިފައިންގ މުބާރާތުގެ ގްރޫޕް އައިގެ އެއްވަނަ ހޯދާފައެވެ.

މި މެޗުގެ ކުރިން ވެސް ނޯވޭ ޓީމަށް ވޯލްޑްކަޕުގެ ޖާގައެއް ލިބިފައިވާކަން ކަށަވަރުވެފައި އޮތް ނަމަވެސް، އެ ޓީމުގެ އަމާޒަކަށްވީ ކޮލިފައިންގ މުބާރާތް އެއްވެސް މެޗަކުން ބަލިނުވެ ނިންމާލުމެވެ. މެޗުގެ 11 ވަނަ މިނެޓުގައި އިޓަލީން ވަނީ ލީޑު ނަގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށުމާއެކު ނޯވޭއިން ވަނީ ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ހަތަރު ގޯލުޖަހާފައެވެ.މީގެ ތެރެއިން ދެގޯލު ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ.

އަންނަ އަހަރުގައި ވޯލްޑްކަޕް ގެ ޖާގައެއް ކަށަވަރުކުރުމަށްޓަކައި އިޓަލީއިން ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާލަންޑާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރި މައްސަލައިގައި މެންޗެސްޓާ ސިޓީން ގާނޫނީ ފިޔަވަޅު އަޅަނީކުޅިވަރު | 3 ގަޑިއިރު ކުރިންއައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފިކުޅިވަރު | 5 މަސް ކުރިންހާލަންޑްގެ ދެގޯލާއެކު ވަރުގަދަ އިޓަލީ ބަލިކޮށް ނޯވޭ އެއްވަނައިގައި ވޯލްޑްކަޕަށްކުޅިވަރު | 7 މަސް ކުރިންހެޓްރިކާއެކު ހާލަންޑް އިސްރާއީލަށް ކުޅިސަމާ ދައްކާލައިފިކުޅިވަރު | 8 މަސް ކުރިން