logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހާލަންޑާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރި މައްސަލައިގައި މެންޗެސްޓާ ސިޓީން ގާނޫނީ ފިޔަވަޅު އަޅަނީ

އަބްދުﷲ ޣާނިމް
4 ޖޫން 2026 - 14:38
ހާލަންޑާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރި މައްސަލައިގައި މެންޗެސްޓާ ސިޓީން ގާނޫނީ ފިޔަވަޅު އަޅަނީ

ރެއާލް މެޑްރިޑްގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އެންރީކޭ ރިކުއެލްމޭ، މެންޗެސްޓާ ސިޓީގެ ތަރި އާލިން ހާލަންޑާ ބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ކްލަބުން ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާ ކަމަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓްކޮށްފިއެވެ.

ރިކުއެލްމޭ ވިދާޅުވެފައިވަނީ އޭނާ ރެއާލް މެޑްރިޑްގެ އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ، ހާލަންޑް އެ ކްލަބާ ގުޅޭނެ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން އިނގިރޭސި ޗެމްޕިއަނުން ވަނީ ވަރަށް ހަރުކަށި އިބާރާތުން އެކަން ދޮގުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންޗެސްޓާ ސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްޕެއިންގެ މީޑިއާތަކުގައި ހާލަންޑްގެ މުސްތަގުބަލާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ހާލަންޑް ކްލަބް ދޫކޮށް ދިއުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށާއި، އެފަދަ ކަމަކަށް މަގުފަހިވާނެ އެއްވެސް މާއްދާއެއް އޭނާގެ ކޮންޓްރެކްޓްގައި ނުހިމެނޭ ކަމަށްވެސް އެ ކްލަބުން ބުނެފައިވެއެވެ.

ސިޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "މިފަދަ ކަންކަމުގައި އަހަރެމެންގެ ކުޅުންތެރިޔާގެ އިމޭޖް ބޭނުންކޮށްފައިވާތީ، އެކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމަށް އަހަރެމެން ދަނީ ވިސްނަމުން" ކަމަށެވެ.

މި މައްސަލަ ހޫނުވެފައި މިވަނީ ހާލަންޑް ސިޓީގައި ދައްކަމުންދާ މޮޅު ކުޅުމާއެކު، ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އޭނާއަށް ފާރަލަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ސިޓީން ވަނީ އެ ކްލަބުގެ އެންމެ މުހިންމު ކުޅުންތެރިޔާ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ސާފުކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާލަންޑާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރި މައްސަލައިގައި މެންޗެސްޓާ ސިޓީން ގާނޫނީ ފިޔަވަޅު އަޅަނީކުޅިވަރު | ގަޑިއިރެއް ކުރިންއައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފިކުޅިވަރު | 5 މަސް ކުރިންހާލަންޑްގެ ދެގޯލާއެކު ވަރުގަދަ އިޓަލީ ބަލިކޮށް ނޯވޭ އެއްވަނައިގައި ވޯލްޑްކަޕަށްކުޅިވަރު | 7 މަސް ކުރިންހެޓްރިކާއެކު ހާލަންޑް އިސްރާއީލަށް ކުޅިސަމާ ދައްކާލައިފިކުޅިވަރު | 8 މަސް ކުރިން