logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ ސަރުކާރުން ހަމައެކަނި ކޮށްފައިވާ ކަމަކީ ބިންގާ އެޅުން: މެމްބަރު ފަލާޙް

އައިޝަތު ނަޝާ
17 ނޮވެމްބަރު 2025 - 12:21
މިދިޔަ ސަރުކާރުން ހަމައެކަނި ކޮށްފައިވާ ކަމަކީ ބިންގާ އެޅުން: މެމްބަރު ފަލާޙް

އަދުގެ ރައީސުލްޖުމުހޫރިއްޔާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައުލަތާ ހަވާލުވެވަޑައިގެންނެވި އިރު އެތައް ބިލިއަން ރުފިޔާއެއް ދަރަނީގެ ގޮތުގައި ހުރި ކަމަށާއި، މިދިޔަ ސަރުކާރުން ހަމައެކަނި ކޮށްފައިވާ ކަމަކީ ބިންގާ އެޅުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ އިތުރަށް ވިދާޅުވީ، އެމްޑީޕީން ތަރައްގީއަށް ކޮށްފައިވާ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ދަރަނީގެ ގޮތުގައި ކަން އާދައިގެ މީހާއަށް ވެސް ވިސްނާލީމާ އިނގޭނެ ކަމަށާއި،މިދިޔަ މަހު ވެސް އެމްޑީޕީ ވެރިކަމުގައި ދަރާފައިހުރި ބިލުތަކަށް 400 އެތައް މިލިއަން ރުފިޔާއެއް ދައްކަން ޖެހުނު ކަމަށްށެވެ. އަދި ރަށްރަށުގައި ނަރުދަމާއާއި ފެނުގެ މަސައްކަތްތައް ކުރިއިރު، އެސްލޯން ހޮޅިއާއި، އެތަންތަނުން ނަގާފައި ހުރި ދަޅާއި ފުޅިއާއި، މި ހުރިހާ އެއްޗަކަށް ދައްކަން ހުރި ބިލުތަކުގެ ސަބަބުން ގިނަ ފިހާރަތައް ބަނގުރޫޓުވެފައިވާ ކަމަށް ވެސް ފަލާހު ވަނީ ފާހަގަ ކުރައްވާފައެވެ.

މަޖިލީހުގެ ތަޅުމުގައި ބަޖެޓާ ގުޅޭގޮތުން ވާހަކަދެއްކެވި ބޭފުޅުންގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ވަނީ، މި އަހަރުގެ ދައުލަތުގެ ބަޖެޓް ވަރަށް ބޮޑު ކަމަށާއި، 2025 ވަނަ އަހަރުގެ ބަޖެޓަށް ވީގޮތެއް ސާފުނުވާ ކަމަށް ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، ފަލާހު މިކަމަށް ރައްދުދެއްވާ ވިދާޅުވީ ، މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް 2025 ވަނަ އަހަރުގެ ބަޖެޓް ފޮތާއި، 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތް ބަލާލުމުން ވަރަށް ތަފްސީލުކޮށް ކަންކަން ބަޔާންކުރެވިފައިވާނެ ކަމަށެވެ.

އަދި މި އަންނަ އަހަރު ބޮޑު އަދަދެއްގެ ދަރަނި ދައްކަން ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި، 64 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިމަނާފައި ވަނީ ދަރަނި ދެއްކުމަށް ވަރަށް ބޮޑު ހިއްސާއެއް ހިމަނާފައިވާ ކަމަށް ވެސް ފަލާހު ފާހަގަކުރެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ ސަރުކާރުން ހަމައެކަނި ކޮށްފައިވާ ކަމަކީ ބިންގާ އެޅުން: މެމްބަރު ފަލާޙްޚަބަރު | 4 ގަޑިއިރު ކުރިންއެމްޑީޕީން ހުރިހާ މުހިންމު ބިލެއްހުރީ ޕާކުކޮށްފަ: އެމްޕީ ފަލާޙްޚަބަރު | 3 ދުވަސް ކުރިންޤައުމު ހަމައަކަށް އަޅުވަން،އެމްޑީޕީ މެމްބަރުން އަޙްލާޤީ ގޮތުން ރަނގަޅުވާންޖެހޭ: މެމްބަރ ފަލާހްޚަބަރު | މަހެއް ކުރިންސަލާމަތީ ބާރުތަކާއި ކުރިމަތިލައި ގާނޫނު މުގުރާ މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭނެ: ފަލާހްޚަބަރު | މަހެއް ކުރިން