logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްތީނަށް ދިވެހިންގެ ހިތުގައި އޮންނަ ލޯބި ޢަމަލުން ދައްކާލަން ޖެހޭނެ: މުބީން

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ނޮވެމްބަރު 2025 - 13:09
މުބީން
މުބީން

ފަލަސްތީނަށް ދިވެހީންގެ ހިތުގައި އޮންނަ ލޯބި، ހަމައެކަނި ބަހުން ނޫން ކަމަށް، ޢަމަލުން ދައްކާލަން ޖެހޭނެ ކަމަށް ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، އާރުސީއެލްގެ އެމްޑީކަން ވެސް ކުރަށްވާފައިވާ މުބީން މިފަދައިން ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނަށް ތާއީދުކޮށް ކުޅިވަރުގެ ދަނޑުތައް ފުރާލާ މަންޒަރުތައް ފެންނަމުންދާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބީން މިހެން ވިދާޅުވީ ''މެންދުރު ޓީވީ''ގެ އޮންލައިން ގައި ގެނެސްދީފައިވާ، ''ފަލަސްޠީނަށް އޮތް ލޯބި ސްޕެއިނުން ދައްކާލައި މުޅި ދަނޑު ފުރާލައިފި'' މި ޚަބަރު ޝެއާކޮށް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ ހިތުގައި ފަލަސްތީނަށް އޮތް ލޯބި ދައްކާލަން ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް، އެ ފުރުޞަތުގެ ބޭނުން ހިފީ ވަރަށް މަދު ބަޔެކެވެ.

ގަލޮޅު ދަނޑުގައި ލޯބި ދައްކާލަން ލިބުނު ފުރުޞަތު

މުބީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖެއަށް އައިސް، ދިވެހި ޓީމާއެކު ގަލޮޅު ދަނޑުގައިކުޅުނު އެކުވެރިކަމުގެ މެޗަށެވެ. މުބީން ވިދާޅުވީ، އެކަން ވެގެން ދިޔައީ ދިވެހިންނަށް ފަލަސްތީނަށް އޮތް ލޯބި ދައްކާލަން ލިބުނު ފުރިހަމަ ފުރުޞަތެއް ކަމަށެވެ. ނަމަވެސް، ހިތާމަ އަކީ އެ މެޗަށް ދަނޑަށް ދިޔައީ ''މަދު އަތްމިނެއްގެ'' މީހުން ކަމަށެވެ.

އެ މެޗާ ގުޅިގެން އެފް.އޭ.އެމް އިން ޕްލެޓިނަމް ސުވެނިއާ ޓިކެޓެއް ވިއްކި ނަމަވެސް، އެ ޓިކެޓް ގަނެލާނެ ބަޔަކުވެސް މާބޮޑަށް ނުވުމަކީ ހިތާމަ ހުރި ކަމެއް ކަމަށް މުބީން ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ ހިތުގަ އޮންނަ ލޯބި، އަމަލުން ދައްކާލަން ޖެހޭނެ. މިފަދަ ފުރުޞަތުތައް ލިބިގެން ދިޔުމުން، އަޅުގަނޑުމެން އެކަން ފާޅުކުރަން ޖެހޭ. ދުނިޔެއަށް ދައްކާލަން ޖެހޭ އަޅުގަނޑުމެން ފަލަސްތީނާއެކު އޮތްކަން،" މުބީން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މެޗުތަކުގައި ދަނޑުތައް ފުރާލައިގެން ހުންނަނީ ފަލަސްތީނުގެ ދިދަތަކާއި، އެ ގައުމަށް ތާއީދުކުރާ ޝުޢޫރުތަކުން ކަމަށެވެ. އެހެންކަމުން، ދިވެހިންވެސް ހަމައެކަނި ފޭސްބުކް ސްޓޭޓަސް ޖަހައިގެން ފުއްދާލުމުގެ ބަދަލުގައި، ފަލަސްތީނަށްޓަކައި އޮތް ލޯތްބާއި އެއްބާރުލުން ދައްކާލަން އިތުރަށް ހިތްވަރު ކުރަން ޖެހޭނެ ކަމަށް މުބީން ގޮވާލެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޭމަންޑޫ ވެޔޮ އެކަޑަމީން ނިއުގެ ތަރިން ބައިވެރިވި ފޯރިގަދަ ފުޓްސަލް މެޗެއްކުޅިވަރު | 16 ދުވަސް ކުރިންދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ގައުމަށް އެންމެ ފައިދާހުރި އަދި ބުއްދިވެރި ގޮތް: މުބީންޚަބަރު | 3 މަސް ކުރިންތިމަރަފުށީ ފުޓްސަލް ޓީމަށް ކާމިޔާބީއަށް އެދި ނިއުގެ ޗެއާމަން މުބީން ހިތްވަރު ދެއްވައިފިކުޅިވަރު | 4 މަސް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފިކުޅިވަރު | 5 މަސް ކުރިން