logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭހުގެ އަސަރު ދަމަހައްޓާ، ދުޅަހެޔޮ މުސްތަޤުބަލެއް ޔަޤީންކުރަން މަސައްކަތްކުރުމަށް ފަސްޓްލޭޑީގެ އިލްތިމާސް

އިސްމާޢިލް ރާތިޢު
18 ނޮވެމްބަރު 2025 - 15:53
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ބޭހުގެ އަސަރު ދަމަހައްޓާ، ދުޅަހެޔޮ މުސްތަޤުބަލެއް ޔަޤީންކުރަން މަސައްކަތްކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ދުނިޔޭގެ އެންޓިމައިކްރޯބިއަލް ރެސިސްޓެންސް އެވެއަރނެސް ވީކް ފާހަގަކުރުމާއި ގުޅޭގޮތުން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އެންޓިމައިކްރޯބިއަލް ރެސިސްޓެންސަކީ ޞިއްޙަތަށާއި ކާނާއަށް އަދި އިޤްތިޞާދަށްވެސް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެ، ދިވެހިރާއްޖެއިން ކުރިއަށް އޮތް 5 އަހަރަށް ތައްޔާރުކޮށް ތަންފީޒުކުރަމުންދާ، ޤައުމީ އެންޓި މައިކްރޯބިއަލް ރެސިސްޓެންސް އެކްޝަން ޕްލޭންގެ ދެ އަމާޒުގެ މައްޗަށްރައީސްގެ އަނބިކަނބަލުން އަލިއަޅުއްވާލައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވި ދެއަމާޒަކީ، އެންޓިބައޮޓިކް ބޭސް ޒިންމާދާރު ކަމާއެކު ބޭނުން ކުރުމާއި، އެންމެންނަށްވެސް އެންމެ ރަނގަޅު ޞިއްޙީ ނަތީޖާތަކެއް ހޯދުމަށްޓަކައި އިންސާނުންނާއި ޖަނަވާރުތަކާއި ތިމާވެށީގެ ޞިއްޙަތުގެ ގުޅުން ދެނެގަނެ އެއްބާރުލުންދޭ އުސޫލެއް ކަމަށްވާ "ވަން ހެލްތު" އަށް އެއްބާރުލުން ދިނުމެވެ.

އެންޓި މައިކްރޯބިއަލް ރެސިސްޓެންސް ވީކް ފާހަގަކުރަނީ، ބަލި ޖެހޭ އެކި ޖަރާސީމުތަކަށް ބޭހުގެ އަސަރުކުރާ މިންވަރު ކުޑަވާގޮތަށް ބޭސް ބޭނުން ކުރުމާއި މެދު ހޭލުންތެރި ކުރުމަށެވެ. އދ. ސިއްޙަތު ޖަމްޢިއްޔާއިން މިހަފްތާ ފާހަގަކުރަނީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ބޭސް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ބާރު އެޅުމަށާއި މިކަމާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސާ އަލީ ޖަލީލަކީ ގައުމަށް ގައްދާރުވާނެ ބޭފުޅެއް ނޫން: މެޑަމް ސާޖިދާޚަބަރު | 7 ދުވަސް ކުރިންމި ދިރާސީ އަހަރަކީ ހުރިހާ ދަރިވަރުންނަށް ފާގަތި އަހަރަކަށްވުން އެދެން: ފަސްޓް ލޭޑީޚަބަރު | 7 ދުވަސް ކުރިންއެއްބައިވަންތަކަމުގެ ދުވަހު، ފަސްޓް ލޭޑީގެ އިޚްލާޞްތެރި ދުޢާއެއްޚަބަރު | މަހެއް ކުރިންމަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު: ރައީސްޚަބަރު | 2 މަސް ކުރިން