logo
MPL

MPL

ޚަބަރު

މޫސާ އަލީ ޖަލީލަކީ ގައުމަށް ގައްދާރުވާނެ ބޭފުޅެއް ނޫން: މެޑަމް ސާޖިދާ

މުޙައްމަދު އަފްރާޙް
27 ޖެނުއަރީ 2026 - 04:42
މޫސާ އަލީ ޖަލީލަކީ ގައުމަށް ގައްދާރުވާނެ ބޭފުޅެއް ނޫން: މެޑަމް ސާޖިދާ

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ ގައުމަށް ގައްދާރުވާނެ ބޭފުޅެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޑަމް ސާޖިދާ ވިދާޅުވީ ވޯޓު ދޭންޖެހޭނީ އެފަދަ އިޚްލާސްތެރި ބޭފުޅުންނަށް ކަމަށާއި ޕީއެންސީ ކެންޑިޑޭޓުންގެ ފަސްބައި ބަލާއިރު، އެ ބޭފުޅުންނަކީ ގައުމީ މަސައްކަތުގައި ސާބިތުވެ ތިއްބަވާނެ ބޭފުޅުންކަން ޔަގީންވާ ކަމަށެވެ.

މީގެއިތުރުން މޫސާ އަލީ ޖަލީލު ވަނީ 1988 ނޮވެމްބަރު 3 ގައި ގައުމަށްޓަކައި މަތިވެރި ގުރުބާނީއެއް ވެވަޑައިގެންނެވި، ހިތްވަރުގަދަ ފަހުލަވާނެއްކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ އެފަދަ ގުރުބާނީއެއް ގައުމަށްޓަކައި ވެވަޑައިގަތް ބޭފުޅެއްގެ ހިތްޕުޅުގައި ގައުމަށް އޮންނާނެ ލޯތްބާއި، ގައުމަށްޓަކައި މަސައްކަތްކުރައްވާނެ ގޮތް އެއްވެސް މީހަކަށް ނޯޅޭނެ ކަމަށެވެ.

ފަސްޓް ލޭޑީ އިތުރަށް ވަނީ ކޮންގްރެސް ޕާޓީގެ މެންބަރުންާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުންނާއި ވާދަވެރި ޕާޓީތަކުގެ އާންމު މެންބަރުންވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާޚަބަރު | 2 ދުވަސް ކުރިންތަހުޒީބުވުމަށްޓަކައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރަންޖެހޭޚަބަރު | 2 ދުވަސް ކުރިންއިސްލާމީ ޔުނިވަރސީޓީން މިއަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން 98 ދަރިވަރުން ދަސްވެނިވެއްޖެޚަބަރު | 5 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 7 ދުވަސް ކުރިން