logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މުޢިއްޒު އަކީ މި ޤައުމަށް ލިބިފަހުރި ޖަވާހިރެއް: ފަލާޙް

އިސްމާޢިލް ރާތިޢު
18 ނޮވެމްބަރު 2025 - 16:27
ރައީސް މުޢިއްޒު އަކީ މި ޤައުމަށް ލިބިފަހުރި ޖަވާހިރެއް: ފަލާޙް

އަދުގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އަކީ މިޤައުމަށް ލިބިފަހުރި ޖަވާހިރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ވެރިކަމަށް ދެއަހަރު ފުރުން ފާހަގަކުރުމަށް ޕާޓީގެ ހަރުގޭގައި ބޭއްވި ހަފްލާފައި ވާހަކަދައްކަވަމުން ފަލާޙް ވަނީ ކުރީގެ ސަރުކާރުތަކުގައި ކަންކަން ހިނގާފައިހުރި ގޮތާއި މިހާރު ކަން ހިނގަމުންދާ ގޮތް އަޅާކިއުއްވާފައެވެ. އެގޮތުން ފަލާޙް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުގައި ރައްޔިތުންގެ މަޖިލީހަށާއި ފަނޑިޔާރުގެތައް ހިނގަމުން ދިޔައީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ބާރާއި ނުފޫޒު "ވަރަށް ފުރިހަމައަށް" ފޯރުވައިގެން ނަމަވެސް މިއަދު އެހެން ނުވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރަށް ފަލާޙް ވަނީ، ސިޔާސީ މަޤްޞަދެއްގައި ހައްޔަރުކޮށްފަހުރި އެއްވެސް މީހަކު މިއަދު ޖަލުގައި ނުހުންނާނެކަން ފާހަގަކުރައްވާ ފަލާޙް ވިދާޅުވީ ސިޔާސީ ހުރިހާ ފަރާތެއްވެސް މިއަދު އުޅުއްވަނީ ހާމަކުރައްވާނެ ސިޔާސީ ޝުޢޫރެއް ހާމަކުރެއްވުމުގައި، ސިޔާސީ މަސައްކަތްޕުޅުގައި ކަމަށެވެ. އަދި މީގެން އެއްވެސް ކަމަކަށްވެސް ރައީސް، އަތް ނުފޯރުވާ ކަމަށް ފަލާޙް ވިދާޅުވިއެވެ.

ފަލާޙް ވަނީ ރައީސުލްޖުމްހޫރިއްޔާ ރޭ ބޭއްވެވި ޖަލްސާއަށްވެސް އިޝާރާތްކުރައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން، ރޭގެ ޖަލްސާގައި ރައީސް ވަނީ މި ޒަޢާމަތުގެ ދެ އަހަރުދުވަހު ކޮށްދެއްވާފައިހުރި ކަންކަމާއި، ކުރިއަށް އޮތް ތިން އަހަރު ކޮށްދެއްވަން ބޭނުންފުޅުވެލައްވާ ކަންކަންވެސް ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައި ކަމަށް ފަލާހް ވިދާޅުވިއެވެ. މީގެ ތެރޭގައި، ވޭތުވެދިޔާ ތަނުގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ކަންކަމުގެ ތެރެއިން ސީދާ ގޮސް އެކަންކަމުގައި އަތްލެވެން ނެތް ކަންތައްތަކެއްގެ ވާހަކަވެސް އަޅުގަނޑުމެންގެ ހިތްތަކަށް އެކަންކަން ތަސައްވުރުވާނެ ފަދައިން، އަޅުގަނޑުމެންނަށް ވަރަށް ތަފްސީލުކޮށް އެކަންކަމުގެ ހަގީގަތާ އެއްކޮށް ވިދާޅުވެދެއްވި ކަމަށް ފަލާޙް ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ އަޅުގަނޑުމެން މިއަދު މިތިބީ، ޑރ. މުޢިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ނުކުންނަވާ، ކާމިޔާބު ހޯއްދެވިކަމަށްޓަކައި ވަރަށް އުފަލުން އަދި ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ. އެ ހިތްހަމަޖެހުން އަޅުގަނޑުމެނަށް ލިބުނީ، އެދުވަހު އަޅުގަނޑުމެން އެމަނިކުފާނާ ދޭތެރޭ ކުރި އުންމީދާއި އެމަނިކުފާނަށް ކުރި އިތުބާރަށްވުރެ މާ ފުރިހަމައަށް އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވާތީ ކަމަށް ފަލާޙް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ މިއަދު މަޖިލީސް ކުރިއަށް ދަނީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި މަޖިލީސް ހިނގަން ޖެހޭނެ އެންމެ ފުރިހަމައަށް ކަމަށެވެ. އެކަން ސާބިތުކޮށްދެއްވަމުން ފަލާޙް ވަނީ، ޕީއެންސީގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ނަމަވެސް، މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވާ އެތައް ބިލެއް ތަޞްދީޤުނުކުރައްވާ، އިސްލާހުކުރުމަށް އަނބުރާ ފޮނުއްވާލައްވާފައިވާކަން ފާހަގަކުރައްވާފައެވެ. މިކަމުންވެސް ދޭހަވަނީ ރައީސް ޑރ. މުޢިއްޒުގެ ބާރާއި ނުފޫޒު، ޛައްރެއްގެ މިންވަރުވެސް މަޖިލީހަށް ނުފޯރުވާކަން ކަމަށް ފަލާޙް ވިދާޅުވިއެވެ.

މިހުރިހާ ކަމެއް މިހެން ހުރުމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަކީ "މިޤައުމަށް ލިބިފަހުރި ޖަވާހިރެއް" ކަމަށް ފަލާޙް ވިދާޅުވިއެވެ.

ފަލާޙް އިތުރަށް ފާހަގަކުރެއްވީ، މިދިޔަ ހުކުރު ދުވަހު ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއަކި މިހާތަނަށް ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު ޖަލްސާ ކަމަށާއި އެހެންކަމުން ޕީއެންސީން މިވަނީ ތާރީޚީ ރެކޯޑެއް ހަދާފައި ކަމަށެވެ. އަދި ޕީއެންސީއަކީ އެންމެ 3000 މެންބަރުންނާއެކު ފެށިގެންއައި ޕާޓީއެއް ނަމަވެސް މިއަދު އެޕާޓީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަން ފަލާޙް ފާހަގަކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުޢިއްޒު އަކީ މި ޤައުމަށް ލިބިފަހުރި ޖަވާހިރެއް: ފަލާޙްޚަބަރު | 3 ގަޑިއިރު ކުރިން13000 އަށްވުރެ ގިނަ ރައްޔިތުން ނުކުމެ މިދިނީ ވަރުގަދަ މެސެޖެއްރިޕޯޓް | 4 ދުވަސް ކުރިންއެމްޑީޕީން ހުރިހާ މުހިންމު ބިލެއްހުރީ ޕާކުކޮށްފަ: އެމްޕީ ފަލާޙްޚަބަރު | 4 ދުވަސް ކުރިންކުރީގެ ވަޒީރު މަހުލޫފާއެކު ގިނަ ބަޔަކު ޕީއެންސީއާ ގުޅިވަޑައިގެންފި ޚަބަރު | 4 ދުވަސް ކުރިން