logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދަޢުވާ ނުކުރަން ނިންމައިފި

އާމިނަތު ޝަފާ
19 ނޮވެމްބަރު 2025 - 04:47
އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދަޢުވާ ނުކުރަން ނިންމައިފި

މިދިޔަ މަހުގެ ތިންވަނަ ދުވަހުގެރޭ އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިން ޖިނާއީ ކުށުގެ ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި އެވެ.

މި މައްސަލަައިގައި ޖިނާއީ ކުށުގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރަނީ ހުސައިން ޝާކިރާއި ޔައުގޫބު އަބްދުﷲ އާއި ޔާސިރު އަބްދުއްލަތީފާއި ހަސަން ސަލާހާއި އާޒީމް އަލީގެ އިތުރުން އަލީ ޖުމާން އަދި މުޙައްމަދު ހަލަފް އިބްރާހީމްގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މި މައްސަލާގައި ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގެ ދަށުން ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި، 533 ވަނަ މާއްދާގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކުރުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

ނަމަވެސް މި މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ބެލިއިރު، ތުހުމަތުކުރެވޭ ޢަމަލުތައް އެމީހުން ހިންގާފައިވަނީ އަސާސީ ޙައްޤެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭތީއާއި، މި މީހުންގެ ޢަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ، މި މީހުންގެ މައްޗަށް ދަޢުވާކުރުމުގެ މަޞްލަޙަތު އޮތް ކަމަށް އެ އޮފީހަށް ނުފެންނާތީ، މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމާފައިވާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

3 އޮކްޓޫބަރު 2025 ދުވަހު މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ. އެ ބައިގެ ތަޙުޤީޤު ނިމުމުން ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށްވެސް ޕީޖީން ބުނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޞާލިޙް ވިދާޅުވަނީ އިންތިޚާބު ކާމިޔާބުކުރަން ޕާޓީގެ އެންމެން އެކުގައި ގަދައަށް މަސައްކަތް ކުރާނެ ކަމަށް!ޚަބަރު | 7 ދުވަސް ކުރިންމާލޭ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އާދަމް އާޒިމަށްޚަބަރު | 8 ދުވަސް ކުރިންލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން ހޮވުމަށް ވޯޓުލާން ފަށައިފިޚަބަރު | 8 ދުވަސް ކުރިންލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން ހޮވުން ހުކުރު ދުވަހު!ޚަބަރު | 12 ދުވަސް ކުރިން