logo
MPL

MPL

ޚަބަރު

މިހާރު ގްރީން ޒޯނަށް އެއްވިޔަސް ހައްޔަރުކޮށް ދައުވާއެއް ނުއުފުލާނެ: ޝުޖާއު

އާމިނަތު ޝަފާ
19 ނޮވެމްބަރު 2025 - 05:09
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ޝުޖާއު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ޝުޖާއު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ރައްޔިތުންނަށް އިތުރަށް ފުޅާކޮށްދީ އެ ހައްގު ރައްޔިތުންނަށް ކަށަވަރުކޮށްދިން ވެރިޔަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަމަށައި މިހާރު ގްރީން ޒޯނަށް އެއްވިޔަސް ހައްޔަރުކޮށް ދައުވާ ނުކުރާނެކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ  ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީ ސަރުކާރަށް ބިލު އުވާނުލެވުނީ ކޮވިޑުގެ ހާލަތާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ހުރަސްތައް ކުރިމަތިވުމުންކަމަށް ވިދާޅުވެ މެމްބަރު މީކާއީލް ދެއްކެވި ވާހކަތަކަށް ރައްދު ދެއްވައި މެމްބަރު ޝުޖާއު ވިދާޅުވީ ކޮވިޑުގެ ހާލަތުގައިވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވިގެން ދިޔަކަމަށެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު މި ގާނޫނު އުވާލަން ސުޕްރީމް ކޯޓަށް ހުށަހެޅުނުކަމަށާއި ނަމަވެސް އެމްޑީޕީ ވެރިކަމުގައި އޭރުގެ ބަންޑާރަ ނައިބު އެއީ ގާނޫނު އަސާސީއާ ތައާރަޒުވާ ގާނޫނެއް ނޫން ކަމަށް ވިދާޅުވެ، މައްސަލަ ބޭރުކޮށްލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރައީސް މި ގާނޫނޫން ލިބިދޭ ހައްގު ފުޅާކުރެއްވީ. ކުރިން އޮތީ ކާނިވާ ސަރަހައްދަށް އެކަނި އެއްވެވޭނެކަމަށް. މި ހައްގު އަދުގެ ސަރުކާރުން ފުޅާކޮށް މިހާރު އުސްފަސްގަނޑަށްވެސް އެއްވާންވީ، ރަސްފަންނަށްވެސް އެއްވާންވީ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މި ހައްގު ލިބިދޭގޮތައް މި ސަރުކާރުން ފުޅާކުރީ. މިހާރު ގްރީން ޒޯނަށް އެއްވިޔަސް ހައްޔަރެއް ނުކުރާނެ، ދައުވާއެއް ނުކުރާނެ،އެމްޑީޕީ ސަރުކާރުން އެންމެން ހައްޔަރުކުރީ". މެމްބަރު ޝުޖާއު

މި ގާނުނު އުވާލަން ބޭނުން ނުވާކަމަށް މެމްބަރު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

މެމްބަރު މީލާއީލް ބިލު ހުށަހެޅި ސަބަބެއްކަމަށް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ސަބަބުން، ދެންނެވުނު މިނިވަންކަމަށް ހުރަސްއެޅޭތީއެވެ.

މިހެންކަމުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުންކަމަށް މެމްބަރު މީކާއީލް ވަނި ވިދާޅުވެފައެވެ.

މީގެ އިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި މުޖުތަމަޢުގެ އަމަންއަމާންކަން ބެލެހެއްޓުމަށް ފުލުހުންނަށް ކޮންމެހެން ލިބިދޭންޖެހޭ ބާރާއި އިޚްތިޔާރު އެހެނިހެން ޤާނޫނުތަކުން މިހާރު ފުރިހަމައަށް ކަނޑައަޅައިފައިވާތީ މި ޤާނޫނު ވުޖޫދުގައި އޮތުމަކީ ބޭނުންތެރިކަމެއް ކަމަށް ނުވާތީ، މި ގާނޫނު އުވައިލުން މި ބިލު ހުށަހެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް މީކާއީލްވަނީ ވިދާޅުވެފައެވެ.

"ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" އަށް 2013 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 10ވަނަ ދުވަހުން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ.

މި ބިލު އުވާލަން އެމްޑީޕީން މަޖިލީހަށް ބިލެއް ހުށަހަހެޅިއިރު ދާދި ފަހުން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އެ ގާނޫނަށް އިސްލާހުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޤްތިޞާދު ސަލާމަތްކުރަން ރައީސް މުޢިއްޒު އަޅުއްވާ ފިޔަވަޅުތަކަށް ޔާމީން ތާޢީދުކުރައްވާކަން އެނގޭ: ޝުޖާޢުޚަބަރު | ގަޑިއިރެއް ކުރިންއެމްޑީޕީ އަށް ރަގަޅުވާނީ ''މިނިކާ ރާއްޖެ'' ހަވާލު ކުރިއްޔާ: ޝުޖާޢުޚަބަރު | 2 މަސް ކުރިންޝުޖާޢު، ހުސައިން ވަހީދަށް: ރައީސަކަށް ޚިޔާނާތްތެރިވި މީހަކު ދައްކާ ވާހަކަ ގަބޫލުކުރާނެ ދިވެއްސަކު ނެތްޚަބަރު | 2 މަސް ކުރިން ނަތީޖާއިން ފެނުނީ ރައީސަށް އޮތް އިތުބާރު، 2028 ކާމިޔާބު ކުރުމަށް ހުރަހެއްނެތް: ޝުޖާޢުޚަބަރު | 5 މަސް ކުރިން