logo
Bank of Maldives

Bank of Maldives

ކުޅިވަރު

ތޮއްޑޫ ސޯސަން ވެޓެރަންސް ކަޕް 2025 ކުޅެން ތައްޔާރުވެއްޖެ

އަބްދުﷲ ޣާނިމް
19 ނޮވެމްބަރު 2025 - 08:36
އއ. ތޮއްޑޫ ވެޓެރަންސް ކަޕް
އއ. ތޮއްޑޫ ވެޓެރަންސް ކަޕް

އއ. ތޮއްޑޫގައި ދިރިއުޅޭ 40 އަހަރުން މަތީގެ ބޭފުޅުންނަށް އަމާޒުކޮށްގެން، ތޮއްޑޫ ސޯސަން ކުލަބް އިން އިންތިޒާމްކުރާ ފުޓްސަލް މުބާރާތެއް ކަމަށްވާ 'ތޮއްޑޫ ސޯސަން ވެޓެރަންސް ކަޕް 2025' ބާއްވަން ތައްޔާރުވެއްޖެއެވެ. މި މުބާރާތް ކުރިއަށް ދާނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރަށު ފެންވަރުގައި ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ރަށުގެ ހަރުމީހުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ހަށިހެޔޮ އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ބާރުއެޅުމެވެ. މިފަދަ ކުޅިވަރު ހަރަކާތްތަކަކީ ރަށުގެ އިޖުތިމާޢީ ގުޅުންތައް ވަރުގަދަ ކުރުމަށްޓަކައި ވަރަށް މުހިންމު ކަންކަމަށް މުބާރާތް އިންތިޒާމްކުރާ ސޯސަން ކުލަބުން ފާހަގަކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އއ. ތޮއްޑޫ ފުޓްސަލް ދަނޑުގައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތަކީ، ޚާއްސަކޮށް ވެޓެރަންސް ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ފަހިކޮށްދީ، އެބޭފުޅުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ބާއްވާ މުބާރާތެކެވެ. މިއީ ރަށުގެ ފުޓްސަލް ކުޅިވަރުގެ ތެރެއިން ގުޅުން ބަދަހިކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

މުބާރާތުގައި ބައިވެރިވުމަށް ޓީމުތަކަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 2025 ނޮވެމްބަރު 25 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ވީމާ، ޝައުޤުވެރިވާ ޓީމުތަކުން މި މުއްދަތުގެ ކުރިން ރެޖިސްޓްރީވުމަށް ކުލަބުން ވަނީ އިލްތިމާސްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޮއްޑޫ ސޯސަން ވެޓެރަންސް ކަޕް 2025 ކުޅެން ތައްޔާރުވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންތޮއްޑޫއަށް އުފާވެރިކަން، އަންނަ ފެބްރުއަރީ މަހު ސީޕްލޭންގެ ޚިދުމަތް ފަށަނީޚަބަރު | 3 މަސް ކުރިންރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގެ ޗެންޕިއަންކަން ކާންޓްޕްލޭ ހޯދައިފިކުޅިވަރު | 7 މަސް ކުރިން