logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

އަރިއަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ރިލްކްސް އައްޔަގެ އެހީތެރިކަމާއެކު މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްދަނީ

އަބްދުﷲ ޣާނިމް
13 ޖެނުއަރީ 2026 - 16:18
މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ކާންޓްޕްލޭ. ފޮޓޯ: ސޯސަން ކުލަބް
މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ކާންޓްޕްލޭ. ފޮޓޯ: ސޯސަން ކުލަބް

އަރިއަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް މުބާރާތް" މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. އއ. ތޮއްޑޫގައި ކުރިއަށްދާ މި މުބާރާތަކީ ސޯސަން ކުލަބުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ފިތުރު އީދު ދުވަހާ ދިމާކޮށް، 20 މާރޗް 2026 ވާ ހުކުރު ދުވަހުއެވެ. މިއީ މި މުބާރާތް ބާއްވާ ފަސްވަނަ ފަހަރެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ރެޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 15 ވަނަ ދުވަހެވެ. އަދި ޓީމުތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 20 ފެބްރުއަރީ 2026 ގެ 22:00 އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2,000 (ދެހާސް) ރުފިޔާއެވެ.

މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ތޮއްޑޫގައި އުފެދެމުން އަންނަ ހުނަރުވެރި ކުޅުންތެރިންނަށް ރާއްޖޭގެ ފެންވަރުގައި ވާދަވެރި މާހައުލެއް ހޯދައިދިނުމެވެ. މީގެ އިތުރުން ރާއްޖޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ތޮއްޑޫގެ ކުޅުންތެރިންނަށް އެ ފުރުސަތު ފަހިކޮށްދިނުމަކީވެސް އިންތިޒާމްކުރާ ފަރާތުގެ އަމާޒެކެވެ.

މުބާރާތުގެ ޗެންޕިއަން ޓީމަށް 55،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. މިމުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ޓީމަކީ ކާންޓް ޕްލޭއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޮއްޑޫ އިން އެމްޑީޕީ އަށް 'ނޫނެކޭ' ބުނެ، 7 ގޮނޑި ޕީއެންސީ އަށް!ޚަބަރު | 2 ދުވަސް ކުރިންއަރިއަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ރިލްކްސް އައްޔަގެ އެހީތެރިކަމާއެކު މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްދަނީކުޅިވަރު | 3 މަސް ކުރިންތޮއްޑޫ ސޯސަން ވެޓެރަންސް ކަޕް 2025 ކުޅެން ތައްޔާރުވެއްޖެކުޅިވަރު | 5 މަސް ކުރިންތޮއްޑޫއަށް އުފާވެރިކަން، އަންނަ ފެބްރުއަރީ މަހު ސީޕްލޭންގެ ޚިދުމަތް ފަށަނީޚަބަރު | 8 މަސް ކުރިން