logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގައި އީގޭޓް ހަރުކުރުން ކުރިއަށް، 2026 ގައި އެހެން އިންޓަރނޭޝަނަލް އެއާޕޯޓްތަކުގައި ވެސް އީގޭޓް ހަރުކުރާނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ނޮވެމްބަރު 2025 - 18:11
ވީއައިއޭގައި އީގޭޓް ހަރުކުރުން ކުރިއަށް، 2026 ގައި އެހެން އިންޓަރނޭޝަނަލް އެއާޕޯޓްތަކުގައި ވެސް ހަރުކުރާނެ

ދިވެހިރާއްޖޭގެ ހުރިހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކުގައި 2026 ވަނަ އަހަރު، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް ހަރުކޮށް، ބޭނުންކުރަން ފެށޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލުގައި އީގޭޓް ހަރުކުރުމަށް ކުރިއަށްދާ މަސައްކަތަށް އިޝާރާތްކުރައްވައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، 1 ޖަނަވަރީ 2026 ގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް އަދި ޑިޕާޗަރ ޓަރމިނަލް ހިމެނޭގޮތަށް، ކޮންމެ ޓަރމިނަލެއްގައި 10 ގޭޓް ހަރުކޮށް، ބޭނުންކުރަން ފެށޭނެއެވެ. މިއާއެކު، 2026 ވަނަ އަހަރު އަންނަން ވާއިރަށް، ދިވެހިރާއްޖޭގެ އެންމެހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކަށް މި ޚިދުމަތް ފުޅާކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

މި ފަދަ އީގޭޓްތަކާއެކު، ވައިގެބަނދަރު ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން، ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނެވޭނެއެވެ. ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ގޭޓްތަކުން، އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒްކުރެވޭނީ، ފޭޝަލް ރެކޮގްނިޝަންގެ ޒަރީއާއިންނެވެ. މިއީ ވައިގެބަނދަރުގެ ޚިދުމަތްތައް އަވަސްކޮށް، ފަސޭހަކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށް، 26 ޖުލައި 2025 ގައި ހުޅުވި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލާއެކު، މި ފަދަ ޒަމާނީ ގިނަ ޚިދުމަތްތަކެއް ވަނީ ރާއްޖެއަށް ތަޢާރަފުކުރެވިފައެވެ.

މި ސަރުކާރުގެ "ދިވެހިރާއްޖެ 2.0" ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓައިޒްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސަވައިދެއްވުމަކީ، އެ ސަރުކާރުން އަހުމިއްޔަތުކަން ދޭ ކަމެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގައި އީގޭޓް ހަރުކުރުން ކުރިއަށް، 2026 ގައި އެހެން އިންޓަރނޭޝަނަލް އެއާޕޯޓްތަކުގައި ވެސް ހަރުކުރާނެޚަބަރު | 2 ގަޑިއިރު ކުރިންމާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު ހުޅުވައިދެއްވައިފި ޚަބަރު | 8 ގަޑިއިރު ކުރިންއެއާ އެމްބިއުލާންސްގައި މިހާތަނަށް 1556 ބަލި މީހަކު އުފުލައިފިޚަބަރު | 11 ގަޑިއިރު ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ 333 ފަރާތަތަކަށް ވަނީ ވަޒީފާދީފައި: ރައީސްޚަބަރު | 15 ގަޑިއިރު ކުރިން