logo
Bank of Maldives

Bank of Maldives

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު މުޖުތަމަޢުން ދެކޭގޮތް ބަދަލުކުރުމަކީ މުހިންމު ކަމެއް : ފަސްޓް ލޭޑީ

އައިޝަތު ނަޝާ
20 ނޮވެމްބަރު 2025 - 06:30
ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު މުޖުތަމަޢުން ދެކޭގޮތް ބަދަލުކުރުމަކީ މުހިންމު ކަމެއް: ފަސްޓް ލޭޑީ

ނުކުޅެދުންތެރިކަން ހުންނަ އަޚުންނާއި އުޚުތުންނާމެދު މުޖުތަމަޢުން ދެކޭގޮތް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެމްޕީއެލްއިން ފެށި "ފަހި ޕްރޮގްރާމް- އެކުއެކީ، ގުޅިގެން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ އެއްގޮތްކަމާއެކު ތަފާތުކުރުންތައް ހުރުމަކީ ދުނިޔޭގެ ތަބީޢަތް ކަމަށާއި އިންސާނުންގެ ތެރޭގައިވެސް އެކި ގާބިލުކަން އެކިވަރަށް އެކި މީހުންގެ ހުންނަ ކަމަށެވެ. ނަމަވެސް ނުކުޅެދުންތެރި އުނިސިފަތައް ކަމަށް ހީވެފައިވާ ސިފަތައް ހުންނަ ބައެއް މީހުން ދުނިޔެއާއި އެ މީހެއްގެ ޤައުމަށް ބޮޑެތި ބަދަލުތައް ގެންނަމުންދާ ކަމަށާއި މުޅި އިންސާނިޔަށްތަށްވެސް އެފަދަ މީހުންގެ ފަރާތުން ބޮޑެތި މަންފާތަކެއް ފޯރުކޮށްދެމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ގަދަރާއި ހިތްވަރާއި އެެހީތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވޭކަން ފާހަގަކުރައްވައިފަސްޓް ލޭޑީ ވިދާޅުވީ، އެއްވެސް މީހަކީ އެންމެ ފުރިހަމަކަން ލިބިފައިވާ މީހެއް ނޫން ކަމަށާއި އެހެންވެ ކޮންމެ މީހަކުވެސް އަނެކުންގެ ރިހުންތަކާއި ވޭންތަކަށް އިހުތިރާމް ކުރަންވާނެ ކަމަށެވެ.

 

"އަޅުގަނޑުމެން ވާންވީ އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިޙްތިރާމް ކުރާ ބަޔަކަށް. އެހެން މީހުންގެ ހާލަށް އިސްކަންދޭ ބަޔަކަށް. އިންސާނިއްޔަތުގެ މާތް ސިފަތައް މުޅި މުޖުތަމައުގައި އަށަގަތުމަކީ ތަހުޒީބު ޤައުމެއްގެ ހެއްކެއް. އެ އަމާޒަށް ވާސިލްވުމަށްޓަކައި އަޅުގަނޑުމެންނަކީ އުއްމީދީ، ހެޔޮ ވިސްނުމަކުން ކަންކަމާމެދު ވިސްނާ ބަޔަކަށްވުން ވަރަށް މުހިންމު،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.



ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާގެ ފުރުސަތު ފަހިވުމަކީ އިންސާނީ ކަރާމަތަށް އިސްކަން ދިނުމުގެ މަތިވެރި ނިންމުމެއް ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.އަދި މި ފުރުސަތު ފަހިވެގެންދިއުމުން ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީ ގޮތުން ސާބިތުކޮށްދޭ ކަމަށާއި މިއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހުސާސްތަކާއި ވޭންތަކަށް ދެވުނު ލޯތްބާއި ކުލުނުވެރިކަމުގެ ފަރުވާއެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް އެމްޕީއެލްއިން ފެށި ޕްރޮގްރާމަކީ އަމިއްލަ އަސާސީ ބޭނުންތައް އަމިއްލަ މަސައްކަތުން ފުއްދުމުގެ އަބުރުވެރި ފުރުސަތު އެތައް ދިވެހި ރައްޔިތުންނަށް ފަހިވެގެންދާނެ ޕްރޮގްރާމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސާ އަލީ ޖަލީލަކީ ގައުމަށް ގައްދާރުވާނެ ބޭފުޅެއް ނޫން: މެޑަމް ސާޖިދާޚަބަރު | 9 ދުވަސް ކުރިންމި ދިރާސީ އަހަރަކީ ހުރިހާ ދަރިވަރުންނަށް ފާގަތި އަހަރަކަށްވުން އެދެން: ފަސްޓް ލޭޑީޚަބަރު | 9 ދުވަސް ކުރިންއެއްބައިވަންތަކަމުގެ ދުވަހު، ފަސްޓް ލޭޑީގެ އިޚްލާޞްތެރި ދުޢާއެއްޚަބަރު | މަހެއް ކުރިންމަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު: ރައީސްޚަބަރު | 2 މަސް ކުރިން