logo
Bank of Maldives

Bank of Maldives

ޚަބަރު

"އިޤްތިސާދީ ވަޒީރަކު ޗެއާ ކަމުގައި ހުރުމަކީ ޕާޓީން ވިޔަފާރިކުރަންޖެހޭ ކަމެއްތޯ"؟ މޫސާ މަނިކު

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
2 އޮކްޓޯބަރު 2024 - 17:56
މޫސާ މަނިކު އާއި ފައްޔާޒު އެކީގައި ފޮޓޯ--/ އެމްޑީޕީ
މޫސާ މަނިކު އާއި ފައްޔާޒު އެކީގައި ފޮޓޯ--/ އެމްޑީޕީ

އިގްތިސާދީވަޒީރަކު ޗެއާ ކަމުގައި ހުރުމަކީ ޕާޓީން ވިޔަފާރި ކުރަންޖެހޭކަމެއްތޯ ބުނެ އެމްޑީޕީގެ ކުރީފެ ޗެއާޕާސަން ރީކޯ މުސާ ސުވާލު އުފައްދަވައިފިއެވެ.

މޫސާ މަނިކު މިމޭރުމުން ސުވާލު އުފައްދާފައިވަނީ އެމްޑީޕީގެ 4 ވަނަ ގައުމީ މަޖިލީހުގެ 16 ވަަނަ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހުށައެޅުއްވި ހުށައެޅުއްވުމަކަށް ރިއާޔަތް ކުރައްވަމުންނެވެ. މޫސަ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ އަކީ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް މުހިއްމު ސިޔާސީ މަސައްކަތްތަކެއްކޮށް ރާއްޖެ ބަދަލު ކުރި ޕާޓީއެއްކަމަށެވެ. އަދި މޫސަ އެ ޕާޓީގެ ޗެއަޕާސަން ކަމުގަ ހުންނެވި އިރު ޕާޓީން ފިލްމު ހަދައި ވިއްކާ ޕާޓީގެ އެހެން މެންބަރުންނަށް އެކްޓު ކުރުމަށް އަންގާފައި ނުވާނެކަމަށް ވެސް މޫސަ ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަނަ ބައްދަލުވުމުގައި އެޖެންޑާ ކުރި ކަންކަމުގެ ތެރެއިން ފައްޔާޒު ވަނީ ޕާޓީން ވިޔަފާރި ކުރުމަށް ޤާނޫނީ ނިޒާމަށް ބަދަލު ގެނެސް ދެއްވުމަށް ހުށައަޅުއްވާފައެވެ. މި ހުށަހެޅުއްވުމަކީ އެމްޑީޕީގެ މާލީ ހާލަތު މިހާރަށް ވުރެ ރަނގަޅުކުރުމުގެ ގޮތުން ސިޔާސީ ފާޓީ ތަކުގެ ގާނޫނުގެ ތެރެއިން ވިޔަފާރި ކުރެވޭނެ ނިޒާމެއްގާއިމް ކުރެއްވުމަށް ހުށައެޅުއްވި ބަަދަލެއްކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަށިގަނޑުފުމެ އަޑުގަދަކުރުމުން "ރަތްކާޑު" ދައްކާ ތަޅުމުން ބޭރުޚަބަރު | 7 ދުވަސް ކުރިންރައީސް ޞާލިޙް ވިދާޅުވަނީ އިންތިޚާބު ކާމިޔާބުކުރަން ޕާޓީގެ އެންމެން އެކުގައި ގަދައަށް މަސައްކަތް ކުރާނެ ކަމަށް!ޚަބަރު | 25 ދުވަސް ކުރިންމާލޭ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އާދަމް އާޒިމަށްޚަބަރު | މަހެއް ކުރިންލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން ހޮވުމަށް ވޯޓުލާން ފަށައިފިޚަބަރު | މަހެއް ކުރިން