logo
Bank of Maldives

Bank of Maldives

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ އިތުރު 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާ ދީފި

އާމިނަތު ޝަފާ
21 ނޮވެމްބަރު 2025 - 07:05
ނުކުޅެދުންތެރިކަން ހުންނަ އިތުރު 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާ ދީފި

ނުކުޅެދުންތެރިކަން ހުންނަ އިތުރު 40 ފަރާތަކަށް އެމް.ޕީ.އެލްއިން ވަޒީފާ ހަމަޖައްސައިދީފި އެވެ.

އެމްޕީއެލްގެ "ފަހި ޕްރޮގުރާމް - އެކުއެކީ، ގުޅިގެން"ގެ ނަމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ފެށި ހާއްސަ ޕްރޮގްރާމްގެ ދަށުން އެމްޕީއެލްގައި މި ވަގުތުވެސް ނުކުޅެދުންތެރިކަން ހުންނަ 32 ފަރާތެއް ވަޒީފާ އަދާކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ދިނުމުގެ އިތުރުން، މަސައްކަތުގެ މާޙައުލުގައި ތަފާތުނުކުރުމާއި ހަމަހަމަ ފުރުޞަތުތައް ކަށަވަރުކޮށްދިނުމާއި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާޢިމްކޮށްދިނުމަށް އެމް.ޕީ.އެލްއިން ބޮޑު އަހަމިއްޔަތެއް ދޭކަމެކެވެ.

ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިންނަށް ހުންނަ ފަރާތްތަކަށް އެމް.ޕީ.އެލްގެ ވެބްސައިޓް ބޭނުންކުރެވޭނެ އެކްސެސިބިލިޓީ ފީޗާރއެއް ވެސް ވަނީ ތަޢާރަފްކޮށްފައެވެ.

އެމް.ޕީ.އެލްގެ ވެބްސައިޓްގައި އަލަށް ތަޢާރަފްކުރި ފީޗަރ މިއަދު ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ.އާއިޝަތު ޝިހާމެވެ.

މިއީ އެމް.ޕީ.އެލްގެ އިސްނަގައިގެން، އެމް.ޕީ.އެލްގެ އައި.ސީ.ޓީ ސަރވިސަސް ޑިޕާޓްމަންޓްގެ މަސައްކަތުން ތަޢާރަފްކުރި ފީޗާރއެކެވެ. މި މަސައްކަތުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ އެހީތެރިކަމާއި ލަފާ ލިބުނުކަން ފާހަގަކުރަމެވެ. އަދި އަދި މި ފީޗާގެ ޓެސްޓިންގ މަރުހަލާގައި، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސްގެ ހިޔާލާއި ލަފާ ވަނީ ހޯދައިފައެވެ. އެމް.ޕީ.އެލްއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިފަދަ އެކްސެސިބިލިޓީ ފީޗާއެއް ވެބްސައިޓްގައި ތަޢާރަފްކުރި ފުރަތަމަ ކުންފުންޏެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިންތު މިސް އާއި އަމީންގެ އާއިލާ އަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 2 ދުވަސް ކުރިންއެމްޕީއެލް މުވައްޒަފެއް ފިޓް ޖެހިގެން ނިޔާވެއްޖެޚަބަރު | 2 ދުވަސް ކުރިންރޯދައަށް މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ގާއިމް ކުރަނީޚަބަރު | 3 ދުވަސް ކުރިންއެމްޕީއެލްގެ ހިދުމަތްތައް ރަނގަޅުކުރަން ހިޔާލު ހޯދަނީޚަބަރު | މަހެއް ކުރިން