ހަނގާރަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
21 ނޮވެމްބަރު 2025 - 10:10

ޔަހޫދީންނާއި ފަލަސްޠީނާ ދެމެދުވި ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާއި ހިލާފަ ޣައްޒާއަށް ހަމަލާދިނުމުން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފިއެވެ.
ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި ޔަހޫދީންނާ މިފަހުން ވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް މިފަހުންވެސް ޔަހޫދީން އަންނަނީ ތަކުރާރުކޮށް ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.

Ad by Hajj Corporation
މި ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްނެތް އެތައް ރައްޔިތުންނެއް އަންނަނީ ކޮންމެ ދުވަހަކުމެ ޝަހީދުވަމުންނެވެ.
މިކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ މިފަދަ ހަމަލާތަކާއެކު ފަލަސްތީނުގެ ބިމުން އެ ރަށުގެ ރަށްވެހިން ނެރެފާނެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
ދިވެހިން އަބަދުވެސް ދެމިތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ކަން ހާމަކޮށް ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް އަދި އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ އަޅާނުލާ ދޫކޮށްލެވިގެންވާނެފަދަ އަމަލުތަކެއް ނޫން ކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ދިވެހިރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޤާނޫނީ ހައްޤުތަކަށް، އެމީހުންގެ އަމިއްލަ ނަފްސު ތަޤްދީރު ކުރުމުގެ ހައްޤު ވެސް ހިމެނޭ ގޮތަށް، އަބަދުވެސް ތާއީދު ކުރާނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، 1967 ވަނަ އަހަރަށްވުރެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުޝަމާލު (އީސްޓް ޖެރޫސަލަމް) އަކީ އޭގެ ވެރިރަށަކަށް ހިމެނޭގޮތަށް، މިނިވަން ދިވެހި ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ދެމުންދާ ތާއީދު ދެމިއޮންނާނެ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ހަމަލާތައް އެއްބަސްވުމެއްގެ ދަށުން ހުއްޓާލާފައިވާނަމަވެސް އޭގެ ފަހުން ޔަހޫދީން ދިން ހަމަލާތަކުގައިވެސް މިހާތަނަށް އައިއިރު ވަނީ 290 މީހުން ޝަހީދުކޮށްލާފައެވެ.


