logo
Bank of Maldives

Bank of Maldives

ޚަބަރު

18 ރިސޯޓު ހަދަން ބީލަމަށްހުޅުވާލައިފި، 5 ރަށް ހަލާލް ޓޫރިޒަމަށް ވަނީ ހާއްސަކޮށްފައި

އާމިނަތު ޝަފާ
21 ނޮވެމްބަރު 2025 - 10:16
18 ރިސޯޓު ހަދަން ބީލަމަށްހުޅުވާލައިފި، 5 ރަށް ހަލާލް ޓޫރިޒަމަށް ވަނީ ހާއްސަކޮށްފައި

18 ރަށެއްގައި ފަތުރުވެރިކަން ތަރައްގީކުރާނެ ބަޔަކު ހޯދަން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.

މީގެ ތެރެއިން 5 ރަށަކީ ހަލާލް ޓޫރިޒަމަށް ހާއްސަކޮށްފައިވާ ރަށްތައްކަމަށްވެސް ވުޒާރާއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ހަލާލު ޓުއަރިޒަމް ތަރައްގީކުރާ ރަށްތަކަކީ، ހއ. ބިނާފުއްޓާއި އެ އަތޮޅު ކަނޑާލިފިނޮޅާއި ހދ. މަކުނުދޫ ފަރު އެކަކާއި ށ. ފުށިފަރާއި ލ. ފޮނަގާދޫއެވެ.

ފަތުރުވެރިކަން ތަރައްގީކުރަން ދެން ހުޅުވާލި ރަށްތަކަކީ:

  • ހއ. މާދުނި ފަރު 1: 200 ހެކްޓަރު
  • މާދުނި ފަރު 2: 200 ހެކްޓަރު
  • މާދުނި ފަރު 3: 200 ހެކްޓަރު
  • ހއ. ކެލާ ފަޅު 1: 156.2 ހެކްޓަރު
  • ހއ. ކެލާ ފަޅު 2: 169.3 ހެކްޓަރު
  • ހދ. މަކުނުދޫ ފަރު 1: 200 ހެކްޓަރު
  • ހދ. މަކުނުދޫ ފަރު 2: 200 ހެކްޓަރު
  • ހދ. މާފަރު ފަރު 1: 200 ހެކްޓަރު
  • ހދ. މާފަރު ފަރު 2: 200 ހެކްޓަރު
  • ހދ. މާފަރު ފަރު 3: 200 ހެކްޓަރު
  • ށ. ގޮނާ ފަރު 1: 200 ހެކްޓަރު
  • ށ. ގޮނާ ފަރު 2: 200 ހެކްޓަރު
  • ށ. ގޮނާ ފަރު 3: 200 ހެކްޓަރު

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 09 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހު އަދި 06 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ބީލަމަށް ހުށަހެޅުމަށް ވުޒާރާއިން ވަނީ އެދިފައެވެ.

ފަތުރުވެރިކަން ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ހަލާލު ޓުއަރިޒަމް ރާއްޖޭގައި ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ދޮރެއް ހުޅުވިގެންދާނެކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

18 ރިސޯޓު ހަދަން ބީލަމަށްހުޅުވާލައިފި، 5 ރަށް ހަލާލް ޓޫރިޒަމަށް ވަނީ ހާއްސަކޮށްފައިޚަބަރު | 25 މިނިޓު ކުރިންޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ ޑިޕްލޮމާ ކޯހެއް ފަރުމާކުރަނީ ޚަބަރު | 3 ދުވަސް ކުރިންއ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ 26 ވަނަ ސެޝަންގެ ވައިސް-ޕްރެޒިޑެންޓްކަމަށް ރާއްޖެ ޚަބަރު | 12 ދުވަސް ކުރިންފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް މަޝްވަރާކުރައްވައިފިޚަބަރު | 14 ދުވަސް ކުރިން