logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއާއި އިޓަލީއާ ދެމެދު ފަތުރުވެރިކަމުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އާމިނަތު ޝަފާ
22 ނޮވެމްބަރު 2025 - 08:48
ރާއްޖެއާއި އިޓަލީއާ ދެމެދު ފަތުރުވެރިކަމުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

2025 ވަނަ އަހަރުގެ މެރިޓައިމް ސިލްކް ރޯޑް އަރބަން ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް އަދި ވެންޒޯގައި ބޭއްވުނު އިންޓަރނޭޝަނަލް ޓްރެވަލް އޭޖެންޓްސް ކޮންފަރެންސްގެ ހަވާސާގައި، ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނިޔާޒް، އިޓަލީގެ އެކުއިލޭއާގެ މޭޔަރު އެމަނުއެލް ޒޮރީނޯއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެފަރާތުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ރާއްޖެއަށް އަންނަ އިޓަލީގެ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމާއި، ސަޤާފީ އަދި ތާރީޚީ ތަންތަން ފަތުރުވެރިންނަށް ތަޢާރަފުކުރުމާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑރ. ޢަބްދުﷲ ނިޔާޒް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު މޭޔަރު އެމަނުއެލް ޒޮރީނޯއަށް ހާމަކޮށްދެއްވާފައެވެ. އަދި، އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު ބާޒާރެއް ކަމަށާއި، މި ބައްދަލުކުރެއްވުމަކީ ދެޤައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. މޭޔަރު އެމަނުއެލް ޒޮރީނޯ ވެސް ވަނީ ރާއްޖެއާ އެކު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަރިކިލުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމުކުރަނީޚަބަރު | 18 ގަޑިއިރު ކުރިންއައު އަހަރުގެ ފެސްޓިވަލް، މިއަދު ފަށަނީޚަބަރު | 11 ދުވަސް ކުރިންޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުމުގެ ތާރީޚު ފަސްކޮށްފިޚަބަރު | މަހެއް ކުރިންވިލިމާލޭގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް، ރާއްޖޭގައި އެންމެ ގިނައިން ހައިވަކަރު ގަސް ހުރި ރަށަކަށް ވިލިމާލެޚަބަރު | މަހެއް ކުރިން