ސިޓީތަކާބެހޭ ވުޒާރާއަށް ދެއަހަރު ފުރުން ހާއްސަ ހަރަކާތްތަކަކާއެކު ފާހަގަކޮށްފި
22 ނޮވެމްބަރު 2025 - 09:37

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސިޓީޓަކާބެހޭ ވުޒާރާއިން އެ ވުޒާރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުޅިވަރު ހަރަކާތްތަކެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ހަތަރު ޓީމަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ސިޓީތަކާބެހޭ ވުޒާރާގެ 200އެއްހާ މުވައްޒަފުން ބައިވެރިވެފައިވާކަމަށާއި މިހަރަކާތްތަކަކީ އެ ވުޒާރާގެ މުވައްޒަފުންގެ ގުޅުން ވަރުގަދަކޮށް، އެއްބައިވަންތަކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކެއްކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މި ހަރަކާތުގެ ތެރެއިން، ރިލޭތަކާއި، ޖޫގޯ ރަން، ޓަގް އޮފް ވާ، ޖަޔަންޓް ފުޓް ވޯކް ފަދަ ތަފާތު ގިނަ ކުޅިވަރުތަކެއް ކުޅެފައިވެއެވެ.

Ad by Hajj Corporation
ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ، މުވައްޒަފުންގެ އެއްބައިވަންތަކަން އިތުރުކުރުމަށް ކުރިއަށްގެންދެވޭ ހަރަކާތްތަކެއްކަމަށެވެ. އަދި 2 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ރާވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުުން ބެޑްމިންޓަން މުބާރާތަކާއި، ފުޓްސެލް އަދި ހޭންޑްބޯ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ބުނެއެވެ.


