logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވާލެވިއްޖެނަމަ ކުރިއަށްދާންވީ މިސްރާބު އެނގޭނެ - މިނިސްޓަރ

އަޙްމަދު ޒަލީފް
1 ޖުލައި 2025 - 17:28
ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވާލެވިއްޖެނަމަ ކުރިއަށްދާންވީ މިސްރާބު އެނގޭނެ - މިނިސްޓަރ

ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުން ވެގެންދާނީ ރަށްރަށާއި ޤައުމެއްގެ ހައިސިއްޔަތުން ކުރިއަށްދާންވީ މިސްރާބު އެނގިގެންދާނެކަމެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމުގެ ގޮތުން އިސްރަށްވެހިންގެ ޚިޔާލު ހޯދުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު ބައެއް ޤައުމުތަކުގައި އިސްކަންދީފައިވާ ދާއިރާތައްވެސް ބަލާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި އިސްރަށްވެހިންގެ ބައިވެރިވުން ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިސްރަށްވެހިންގެ ޖަމްޢިއްޔާގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު ވިދާޅުވީ، މީގެކުރިން މިކަހަލަ އެއްވެސް ކަމެއްގައި އިސްރަށްވެހިން ބައިވެރިނުކުރާކަމަށެވެ. އެހެންނަމަވެސް މި މަސައްކަތުގައި މާލޭގައި އުޅުއްވާ ބައެއް އިސްރަށްވެހިންނަށް މި ފުރުސަތު ދެއްވީތީ އެކަމާއި ވަރަށް ބޮޑަށް އުފާވާކަމަށެވެ. 

މި މަސައްކަތުގައި އިސްރަށްވެހިންގެ ޖަމްޢިއްޔާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަން އަނީސާ ފާހަގަކުރެއްވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި 24 އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. އެކި ގްރޫޕްތަކަށް ބަހާލައިގެން އިސްރަށްވެހިންގެ ޚިޔާލާއި މަޝްވަރާ މި ބައްދަލުވުމުގައި ވަނީ ހުށައަޅާފައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްދަޅު ކޭސް ނަގައިފިންތަ؟ މިއީ ފަހު ރޭ!ޚަބަރު | މަހެއް ކުރިންމާލެ ތޮއްޖެއްސުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫން: އިނާޒްޚަބަރު | 2 މަސް ކުރިންސިޓީތަކާބެހޭ ވުޒާރާއަށް ދެއަހަރު ފުރުން ހާއްސަ ހަރަކާތްތަކަކާއެކު ފާހަގަކޮށްފިޚަބަރު | 4 މަސް ކުރިންދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވާލެވިއްޖެނަމަ ކުރިއަށްދާންވީ މިސްރާބު އެނގޭނެ - މިނިސްޓަރޚަބަރު | 9 މަސް ކުރިން