logo
Bank of Maldives

Bank of Maldives

ޚަބަރު

ރޯދަ ހަދިޔާއަށް ދޭ މަސްދަޅު އުފެއްދުމުގެ މަސައްކަތް ޖަނަވަރީއަށް ނިންމާލެވޭނެ

އާމިނަތު ޝަފާ
23 ނޮވެމްބަރު 2025 - 10:13
ރޯދަ ހަދިޔާއަށް ދޭ މަސްދަޅު އުފެއްދުމުގެ މަސައްކަތް ޖަނަވަރީއަށް ނިންމާލެވޭނެ

ރޯދަ ހަދިޔާގެ ގޮތުގައި ކުރިއަށް އޮތް ރޯދަމަހަށް ސަރުކާރުން ދޭ މަސްދަޅު ކޭސް އުފެއްދުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޤައުމީ މަސްކުންފުނި- މިފްކޯއިން ބުނެފިއެވެ.


މިކަމުގެ އިތުރު މައުލޫމާތު މެންދުރަށް ދެއްވަމުން އެ ކުންފުނީގެ ސީނިއަރ މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޝިފްޒާ މުސްތަފާ ވިދާޅުވީ ރޯދަ ހަދިޔާ ދިނުމަށް ބޭނުންވާ މަސްދަޅު އުފެއްދުމުގެ މަސައްކަތް މިދިޔަ އޮކްޓޯބަރ މަހުގެ 27 ވަނަ އެކުންފުނިން ފަށާފައިވާކަމަށާއި އަދި މިހާތަނަށް މިމަސައްކަތުގެ 33 އިންސައްތަ ނިމިފައިވާ ކަމަށެވެ. ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ދެވަނަ ހަފްތާއަށް މަސައްކަތް ނިންމާލުން ކަމަށް ޝިފްޒާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation


ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެއްގެ ގޮތުގައި މި ދިޔަ އަހަރުން ފެށިގެން، ދިވެހި އެންމެހައި ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެއްޓެވި ހަދިޔާއެކެވެ.


މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ވަނީ ހަދިޔާކޮށްފައެވެ. އެއީ މާލޭގެ ގޭބިސީތަކަށް ހަދިޔާކުރި 50،519 މަސްދަޅު ކޭހާއި. އަތޮޅުތެރޭގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 މަސްދަޅު ކޭހެވެ.

ކުރިއަށް އޮތް ރަމަޟާންމަހު ރޯދަ ހަދިޔާ ގޮތުގައި މަސްދަޅުކޭސް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު ރަމަޟާންމަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓް ބިލަށް ދައްކަންޖެހެނީ 400 ރުފިޔާކަން ހާމަކުރައްވައި ކަރަންޓު ބިލުންވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ޑިސްކައުންޓު ލިބޭނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުއޮތްގިރި އޮޕަރޭޝަނަށް: މިހާރު ކަންނެލި ގަންނާނެ!ޚަބަރު | މަހެއް ކުރިންމިއަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް 10 މިލިއަން ރުފިޔާ ދޫކޮށްފިވިޔަފާރި | 2 މަސް ކުރިންފެލިވަރު ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފަށަނީޚަބަރު | 2 މަސް ކުރިން ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖު ޖޫން މަހު ބޭނުންކުރަން ފަށަނީ ޚަބަރު | 2 މަސް ކުރިން