logo
އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

ފައްޔާޒުގެ އިސްތިއުފާ ގުޅިފައިވަނީ އެމްޑީޕީގެ އެތެރޭގައި އޮތް ފިތުނައާ

އާމިނަތު ޝަފާ
24 ނޮވެމްބަރު 2025 - 04:55
ފައްޔާޒުގެ އިސްތިއުފާ ގުޅިފައިވަނީ އެމްޑީޕީގެ އެތެރޭގައި އޮތް ފިތުނައާ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާރސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލްގެ އިސްތިއުފާއާއެކު އެންމެ ގަދަޔަށް ސިޔާސީ މައިދާނުގައި މިހާރު ދެކެވޭ ވާހަކައަކީ އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އެތެރޭގައި އޮތް ފިތުނައިގެ ވާހަކައެވެ.

ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު، އިދިކޮޅު ޕާޓީގެ ޗެއަރޕާރސަންގެ މަގާމުން އިސްތިއުފާ ދެއްވިކަން އިޢުލާން ކުރެއްވީ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުން ނިންމަވާލައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްތިއުފާދެއްވުމުގެ ކުރިން ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒުވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ ދެމެދުގައި އޮތް ހިތްހަމަނުޖެހުން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ހާމަކުރައްވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނާއި ނަޝީދާ ދެމެދު އުފެދުނު ސިޔާސީ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ނަޝީދާއި ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ. އެކަމަކު މިފަހުން އަލުން އަނެއްކާވެސް އެބޭފުޅުންވަނީމި އަހަރުގެ ޖޫން 23 ގައި އެމްޑީޕީއާ ގުޅިފައެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތުމުގައި ފައްޔާޒުވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ފައްޔާޒު ރޭވެސް ވިދާޅުވީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން އަބަދުވެސް މަސައްކަތް ކުރެއްވީ އެމްޑީޕީގެ އެތެރޭގައި އޮތް ފިތުނައާއި ބައިބައިވުން ނައްތާލުމަށްކަމަށެވެ.

ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ކުރިއެރުމެއް ނުލިބޭނެކަމަށް ވިދާޅުވެ ބައިބައިވުން ނައްތާލަންޖެހޭކަމަށް ފައްޔާޒުވަނީ ވިދާޅުވިއިރު ރައީސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެބޭފުޅުންގެ ގުޅުން ރަނގަޅެއްނުވެއެވެ.

ފައްޔާޒު އިސްތިއުފާދެއްވި މި ދަނޑިވަޅަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުގެ ޓިކެޓް ހޯދަން ޕްރައިމަރީ އަށް މިހާރު ކެމްޕެއިން ކުރައްވާ މާލޭގެ މޭޔަރު އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލީ އާޒިމުގެ ކޯޅުމާއި ބަހުގެ ހަމަލާތައްވެސް ގަދަވެފައިވާ ދަނޑިވަޅެކެވެ.

އާދަމް އާޒިމްގެ ފަހަތުގައި ތިބީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ސަޕޯޓަރުންނެވެ. އަލީ އާޒިމާ އެކު ތިބީ ކުރީގެ ރައީސް ނަޝީދާއި ފައްޔާޒުގެ ސަޕޯޓަރުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފައްޔާޒުގެ އިސްތިއުފާ ގުޅިފައިވަނީ އެމްޑީޕީގެ އެތެރޭގައި އޮތް ފިތުނައާ ޚަބަރު | 2 ގަޑިއިރު ކުރިންއެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފިޚަބަރު | 14 ގަޑިއިރު ކުރިންއެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދަޢުވާ ނުކުރަން ނިންމައިފިޚަބަރު | 5 ދުވަސް ކުރިންރައީސްގެ ދަރިކަލުންގެ ކަރާމަތަށް އަރައިގަތް މައްސަލައިގައި އެމްޑީޕީއާއި ފައްޔާޒުވެސް ޒިންމާ ނަގަންޖެހޭނެކަމަށް ހުކުމްކޮށްފިޚަބަރު | 8 ދުވަސް ކުރިން