logo
Bank of Maldives

Bank of Maldives

ޚަބަރު

"އަލިމަގު" އޮޕަރޭޝަންގެ ތެރެއިން 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އިސްމާޢިލް ރާތިޢު
25 ނޮވެމްބަރު 2025 - 10:36
ފުލުހުން މާލޭގެ މަގެއްމަތީގައި އޮޕަރޭޝަނެއްގައި، ފޮޓޯ: ފުލުހުންގެ އިދާރާ
ފުލުހުން މާލޭގެ މަގެއްމަތީގައި އޮޕަރޭޝަނެއްގައި، ފޮޓޯ: ފުލުހުންގެ އިދާރާ

މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން، "އަލިމަގު" ގައި މިހާތަނަށް 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި އޮޕަރޭޝަނުގެ އެންމެ ފަހުގެ ތަފްސީލުތައް މީޑިއާތަކާ ހިއްސާކުރައްވަމުން ފުލުހުން ބުނީ ރާއްޖޭގެ 5 ސަރަހައްދެއްގެ 39 ރަށެއްގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވި ކަމަށާއި 105 ތަނެއް ބަލައި ފާސްކުރުމަށްފަހު 110 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ވަނީ މީގެ އިތުރުން 1 ކަނޑު އުޅަނދާއި 9 އެއްގަމު އުޅަނދުވެސް ބަލާ، ފާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން 61 މީހެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި އެ މީހުން ކޯޓަށް ހާޒިރުކުރުމުން 38 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މީގެ ތެރޭގައި ކުށުގެ ރެކޯޑު އޮންނަ މީހުންވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.

މި އޮޕަރޭޝަނުގައި ރެއިޑް ކުރި ތަންތަނުން މަސްތުވާތަކެތީގެ އިތުރުން ފައިސާވެސް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގޮތުން މި އޮޕަރޭޝަން ތަކުގައި ޖުމްލަ 188،959.84 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ޚިދުމަތުން "އޮޕަރޭޝަން އަލިމަގު" ފެށީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި އޮޕަރޭޝަނުގައި މި މަހުގެ 13ވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއް ވަގުތެއްގައި ތަންތަން ބަލާ، ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

ކުރިއަށް އޮތް ތަނުގައިވެސް މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަމަށް ފުލުހުން ބުނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އަލިމަގު" އޮޕަރޭޝަންގެ ތެރެއިން 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 4 ގަޑިއިރު ކުރިންކުޑަކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލައެއް ބަލަނީޚަބަރު | 2 ދުވަސް ކުރިންމި މަހުގެ މިހާތަނަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަޚަބަރު | 2 ދުވަސް ކުރިންސަމާލުވޭ! އަމީނިއްޔާގެ ނަމުގައި ސްކޭމެއްޚަބަރު | 2 ދުވަސް ކުރިން