logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އާޒިމާ ޝަކޫރުގެ މައްޗަށް ކުރި ދައުވާތައް ކުރިއަށް ނުގެންދަން ޕީޖީން ނިންމައިފި

އިސްމާޢިލް ރާތިޢު
25 ނޮވެމްބަރު 2025 - 11:14
އާޒިމާ ޝަކޫރުގެ މައްޗަށް ކުރި ދައުވާތައް ކުރިއަށް ނުގެންދަން ޕީޖީން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ލީގަލް އެފެއާރޒް މިނިސްޓަރ، ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް ކުރި ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދަން، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
ޕީޖީ އޮފީހުން ބުނީ 2015 ވަނަ އަހަރު ހިނގި އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތާ ގުޅުން ހުރި މައްސަލައިގައި، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރގެ މަގާމުގައި ހުންނެވި މ. އާސްތާނާ، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް، މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި ދައުވާތައް މުރާޖާ ކޮށްދިނުމަށް އާޒިމާ ޝަކޫރުގެ ފަރާތުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިންގ ކުށުގެ އަސްލު، ފާޢިލުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވާތީ، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މައްސަލައިގެ ފާޢިލުގެ މައްޗަށް މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން ވަނީ ބާތިލުކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެންނަ ނުފެންނަ ވޯޓުގެ ޤާނޫނީ ބަހެއް ހޯދުމަށް: މިފަހަރު ދިޔާނާ އަދި އާޒިމާގެ ޚާއްސަ ހަރަކާތެއް އައްޑޫގައި!ޚަބަރު | 2 ގަޑިއިރު ކުރިންސަނީ ޢުމަރުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބޮޑެތި ދަޢުވާތަކެއް އުފުލައިފިޚަބަރު | 13 ދުވަސް ކުރިންވީއައިއޭގައި ފައިސާ ފޭރުނު މައްސަލައިގައި 8 މީހަކަށް ދަޢުވާ އުފުލައިފިޚަބަރު | 18 ދުވަސް ކުރިންއެފްއޭއެމްގެ ބޮޑު ޚިޔާނާތް: އަމީންގެ ބައި ހައި ކޯޓުގައި އިސްތިއުނާފްކޮށްފިޚަބަރު | މަހެއް ކުރިން