logo
MPL

MPL

ޚަބަރު

ހަގީގަތް ބެލުމެއްނެތި މީހުން ބަދުނާމު ނުކުރޭ، އާޒިމާގެ މިވާހަކަތައް ކިޔާލާ!

ހަގީގަތް ބެލުމެއްނެތި މީހުން ބަދުނާމު ނުކުރޭ، އާޒިމާގެ މިވާހަކަތައް ކިޔާލާ!

ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު، ސޯޝަލް މީޑިއާގައި މީހަކު ކުރި ފުރައްސާރައަކާ ގުޅިގެން ހަގީގަތް ހާމަކޮށްދެއްވައިފިއެވެ. އާޒިމާ މިކަމަށް ރައްދު ދެއްވާފައިވަނީ ވަރަށް މަޑުމައިތިރިކަމާއެކު، ކަން އޮތްގޮތް ސާފުކޮށްދެއްވަމުންނެވެ.

އާޒިމާގެ ވާހަކައިގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާފައިވަނީ އޭނާގެ އާއިލާއާއި އައްބާސް ޝަރީފާ އޮތް ގާތް ގުޅުމުގެ މައްޗަށެވެ. އާޒިމާ ވިދާޅުވީ އޭނާގެ މަންމަގެ ބައްޕަ (ސިނީގެ ހުސައިން މަނިކު) އާއި އައްބާސް ޝަރީފްގެ ބައްޕަގެ މާމަ (ސިނީގެ ފާތިމަތު މުހައްމަދު) އަކީ އެއްބަނޑުއެއްބަފާ ދެބެން ކަމަށެވެ. އަދި އައްބާސްގެ ކާފަ، ވައިނުޖެހޭގޭ ހަސަންމަނިކަކީ އާޒިމާގެ މަންމަގެ ބަލަދުވެރިޔާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާޒިމާ އިތުރަށް ވިދާޅުވީ، އޭނާގެ މަންމަ ދުނިޔެއަށް އައުމުގެ ކުރިން މަންމަގެ ބައްޕަ ނިޔާވުމުން، މަންމަގެ ހުރިހާ ކަމެއް ބެލެހެއްޓެވީ އައްބާސްގެ ކާފަ ހަސަންމަނިކު ކަމަށެވެ. "އަޅުގަނޑުމެން ބޮޑެތިވަމުން އައި އިރު، ދޮންބޭބެއަކީ ވަރަށް މުހިންމު ބޭފުޅެކެވެ. މަންމަ ޔަތީމުވެގެން ދިޔަ ދުވަހުވެސް މަންމަ ދޫކޮށްނުލެއްވި ބޭފުޅުންނެވެ،" އާޒިމާ ލިޔުއްވާފައިވެއެވެ.

އާއިލީ ގުޅުންތަކުގެ މައްޗަށް ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ އައްބާސް ޝަރީފަކީ އޭނާއަށްވުރެ ހަގު ކޮއްކޮއެއް ކަމަށާއި، މިހާރުވެސް ދެ އާއިލާގެ މެދުގައި އޮންނަނީ ވަރަށް ގާތް ތިމާގެ ގުޅުމެއް ކަމަށެވެ. އެހެންކަމުން، އެކްސްގައި އައްބާސްއާ މެދު ހަޑިހުތުރު ވާހަކަތަކެއް ފަތުރަމުންދާތީ އެކަމުގެ ހަގީގަތް ހާމަކުރަން ޖެހުނީ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ސިޔާސީ ހަޔާތުގައި ބުލީ ކުރުމާއި، ހަނގާކުރުމާއި، އަދި ފުރާނައަށް ނުރައްކާކުރުން ފަދަ ކަންކަމާ ކުރިމަތިލާފައިވާކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ އެފަދަ ކަންކަމާ ކަންބޮޑުނުވާ ކަމަށެވެ. ނަމަވެސް، އާއިލީ އިންތަކަށް ވަންނަން ފެށުމުން އެއްޗެއް ބުނަން މަޖުބޫރުވީ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމާގެ މި ވާހަކަތަކުން ދޭހަވަނީ، ކަންކަމުގެ ހަގީގަތް ބެލުމެއްނެތި މީހުން ބަދުނާމުކުރުމުގެ ސަގާފަތާ މެދު އޮތް ކަންބޮޑުވުމެވެ. އަދި އާއިލީ ގުޅުންތަކަށް އިހުތިރާމް ކުރުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ ޝުކޫރުޚަބަރު | 4 ގަޑިއިރު ކުރިންހަގީގަތް ބެލުމެއްނެތި މީހުން ބަދުނާމު ނުކުރޭ، އާޒިމާގެ މިވާހަކަތައް ކިޔާލާ!ޚަބަރު | 4 މަސް ކުރިންފެންނަ ނުފެންނަ ވޯޓުގެ ޤާނޫނީ ބަހެއް ހޯދުމަށް: މިފަހަރު ދިޔާނާ އަދި އާޒިމާގެ ޚާއްސަ ހަރަކާތެއް އައްޑޫގައި!ޚަބަރު | 5 މަސް ކުރިންއާޒިމާ ޝަކޫރުގެ މައްޗަށް ކުރި ދައުވާތައް ކުރިއަށް ނުގެންދަން ޕީޖީން ނިންމައިފިޚަބަރު | 9 މަސް ކުރިން