logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ފެންނަ ނުފެންނަ ވޯޓުގެ ޤާނޫނީ ބަހެއް ހޯދުމަށް: މިފަހަރު ދިޔާނާ އަދި އާޒިމާގެ ޚާއްސަ ހަރަކާތެއް އައްޑޫގައި!

ޒިދާން މުޙައްމަދު
29 މާރިޗު 2026 - 15:44
ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ އާޒިމާ ޝަކޫރު (ކ) އާއި ދިޔާނާ ސައީދު. (ފޮޓޯ/އާޒިމާ/ފޭސްބުކް)
ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ އާޒިމާ ޝަކޫރު (ކ) އާއި ދިޔާނާ ސައީދު. (ފޮޓޯ/އާޒިމާ/ފޭސްބުކް)

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅޭގޮތުން ޤާނޫނީ ގޮތުން އޮތްގޮތުގެ ސައްޙަ މަޢުލޫމާތު ހޯދުމަށް އައްޑޫ ސިޓީގެ ގިނަ ރައްޔިތުން އެދެމުންދާތީ، އެ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ފުންނާބު އުސް ޤާނޫނީ ވަކީލުންނާއެކު ޚާއްސަ ކެމްޕެއިން ހަރަކާތްތަކެއް އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ކެމްޕެއިން ހަރަކާތުގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ވަޑައިގަންނަވާނީ ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝުކޫރާއި، އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ބާއްވާ މި ހަރަކާތްތައް ތާވަލުކުރެވިފައިވަނީ މާދަމާ، 30 މާރިޗު 2026 ވާ ހޯމަ ދުވަހަށެވެ.

މިގޮތުން، އައްޑޫ ސިޓީ މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ އިވެންޓް އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ފޭދޫ ކަސްޓަމްސް އޮޑިޓޯރިއަމްގައެވެ. ހިތަދޫ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާ މެންދުރުފަހު 14:00 ގައި، ހިތަދޫ ގައެވެ.   އަދި، ހުޅުމީދޫގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ އިވެންޓް އޮންނާނީ މާދަމާރޭ ހުޅުމީދޫގައެވެ.

މި ކެމްޕެއިން ހަރަކާތުގެ މައިގަނޑު ބޭނުމަކީ އިންތިޚާބުތަކާ ގުޅިގެން ކުރިއަށްދާ ފެންނަ ނުފެންނަ ވޯޓުގެ ޤާނޫނީ އިޖުރާއަތްތަކާ މެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ޤާނޫނީ މާހިރުންގެ އެހީތެރިކަމާއެކު ޖަވާބު ހޯދައިދިނުމެވެ. އައްޑޫ ސިޓީގެ ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވެވަޑައިގެން، ޤާނޫނީ ވަކީލުންގެ ފަރާތުން ސައްޙަ މަޢުލޫމާތު އޮޅުންފިލުއްވުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.

 

 

 

 

     

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެންނަ ނުފެންނަ ވޯޓުގެ ޤާނޫނީ ބަހެއް ހޯދުމަށް: މިފަހަރު ދިޔާނާ އަދި އާޒިމާގެ ޚާއްސަ ހަރަކާތެއް އައްޑޫގައި!ޚަބަރު | 2 ގަޑިއިރު ކުރިންއާޒިމާ ޝަކޫރުގެ މައްޗަށް ކުރި ދައުވާތައް ކުރިއަށް ނުގެންދަން ޕީޖީން ނިންމައިފިޚަބަރު | 4 މަސް ކުރިންޔާސްމީނާ ގުޅުވައި ދައުރުކުރަމުން ދަނީ ފޭކު ސްކްރީންޝޮޓެއް: އާޒިމާޚަބަރު | އަހަރެއް ކުރިންއާޒިމާގެ މައްޗަށް އެމްއައިބީއަށް 4.5 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފިޚަބަރު | އަހަރެއް ކުރިން