logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ބެންޗުޓީމު ގޮވައިގެން ފޮނުއަރުވަނިކޮށް ގާޑިއޯލާ އަތަށް ގޮވައިފި

އަބްދުﷲ ޣާނިމް
26 ނޮވެމްބަރު 2025 - 05:28
ޗެމްޕިއަންސް ލީގުގައި ބެންޗުޓީމު ގޮވައިގެން ފޮނުއަރުވަނިކޮށް ގާޑިއޯލާ އަތަށް ގޮވައިފި

ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން މެންޗެސްޓަރ ސިޓީއިން ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗުގައި ބަޔާ ލެވަކޫސަން އަތުން 2-0 ގެ ނަތީޖާއަކުން ބަލިވުވެއްޖެއެވެ. ބެންޗު ޓީމުގެ ގިނަ ކުލުންތެރިން ފުރަތަމަ 11 ގައި ހިމަނަގެން ކުޅުނު މިމެޗުގެ ލެވަކޫސަންގެ ގޯލުތައް ކާމިޔާބުކުރީ ގްރިމާލްޑޯ އާއި ޕެޓްރިކް ޝިކް އެވެ. މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ސިޓީ ބަލިވި ފުރަތަމަ މެޗަކީ މިއެވެ.

މެޗުގެ 23 ވަނަ މިނެޓުގައި އިބްރާހިމް މާޒާ ދިން ހުރަހަކުން ކްރިސްޓިއަން ކޮފާނޭ ބޯޅަ ގްރިމާލްޑޯއަށް ދިން ޕާސް ވަނީ ފުރަތަމަ ޓަޗުން ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ލެވަކޫސަންއަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ޝިކް ވަނީ ބާރަށް ބޮލުން ޖަހާލައިގެން ޖޭމްސް ޓްރެފޯޑް ކައިރިން ބޯޅަ ގޯލަށް ވައްދާލައިގެން ލެވަކޫސަންގެ ލީޑު ދެގުނަ ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގެ ކުރީ ކޮޅުގައި ޓީމަގެ ކުޅުންތެރިންތައް ކުޅެން އެރުވިނަމަވެސް ސިޓީއަށް މެޗުގެ ނަތީޖާ ބަދަލުކުރެވެ ގޮތެއް ނުވިއެވެ. ރޭގެ މެޗުން ބަލިވި ސިޓީ މިވަގުތު އޮތީ ޗެންޕިއަންސް ލީގުގެ ތާވަލުގެ 6 ވަނާގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޓީ ސައިޒަށް ކަނޑައި މެންޗެސްޓަރ ޔުނައިޓެޑުން އާސެނަލްފެ ސަޕޯޓަރުންނަށާް އުފާވެރިކަން ގެނެސްދީފިކުޅިވަރު | 5 ދުވަސް ކުރިންލިވަޕޫލަށް ދޯކާދިނުމަށްފަހު ގުއޭހީ އެންމެފަހުން ސިޓީއަށްކުޅިވަރު | 6 ދުވަސް ކުރިންސެމެންޔޯގެ ގޯލާއެކު ސިޓީއިން ނިއުކާސަލް ބަލިކޮށް ސެމީއާއި ގާތަށްކުޅިވަރު | 9 ދުވަސް ކުރިންސިޓީ ޖެހިޖެހިގެން ތިން މެޗުން އެއްވަރުވުމާއެކު އާސެނަލް ގެ ސަޕޯޓަރުންނަށް އުފާވެރިކަން ކުޅިވަރު | 15 ދުވަސް ކުރިން