logo
Bank of Maldives

Bank of Maldives

ޚަބަރު

ސިޔާސީ ގޮތުން ގެއްލުންވިޔަސް ރައީސް މުއިއްޒަކީ ސިޔާސަތުތައް ތަންފީޒުކުރައްވާނެ ވެރިއެއް: އިހުސާން

އާމިނަތު ޝަފާ
26 ނޮވެމްބަރު 2025 - 05:34
ސިޔާސީ ގޮތުން ގެއްލުންވިޔަސް ރައީސް މުއިއްޒަކީ ސިޔާސަތުތައް ތަންފީޒުކުރައްވާނެ ވެރިއެއް: އިހުސާން

ސިޔާސީ ގޮތުން ގެއްލުންވިޔަސް ރައީސް މުއިއްޒަކީ ސިޔާސަތުތައް ތަންފީޒުކުރައްވާނެ ވެރިއެއްކަމަށާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް މި ސަރުކާރުން ހައްލު ހޯއްދަވާދެއްވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒަކީ ދިވެހިންގެ ހައްގުގައި ނަންގަވަން ޖެހިވަޑައިގަންނަވާ ނިންމެވުންތަކުގަ ސިޔާސީ ހިސާބު ޖައްސަވާ ބޭފުޅެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ވަޒީރު އިޙްސާން ފާހަގަކުރެއްވިގޮތުގައި ރައީސް ނިންމަވާ ކޮންމެ ނިންމެވުމަކީ ދިވެހިންގެ ހައްގުގައި ނިންމަވާ ނިންމުންތަކެއް ކަމަށާއި އޭގެ ތެރެއިން ގިނަ ނިންމެވުންތަކަކީ އެއްވެސް ވެރިއަކަށް މިހާތަނަށް ނިންމަވަން ކެރިވަޑައިނުގަތް ނިންމުންތަކެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިސާލަކަށް ދަންނަވާނަމަ ވޭޕްގެ ވިޔަފާރިއަކީ ރާއްޖޭގެ ހަމަ ވަރަށް ވަރުގަދަ ވިޔަފާރިވެރިންގެ ތެރެއިން ކުރަމުން އައި ވިޔަފާރިއެއް. ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުން ބޭނުންކުރަމުން އައި އެއްޗެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ކަމަކީ ގްރޭޑް 2 ނުވަތަ 3ގެ ދަރިވަރުންނަށް ވޭޕްގެ ޒަރިއްޔާއިން މަސްތުވާތަކެތި ދޭން ފަށައިފިކަން. ހަމައެެހެންމެ މަސްތުވާތަކެތި ވޭޕްގެ ޒަރިއްޔާއިން ބޭނުންކުރުން ރާއްޖޭގައި އާންމު ކަމަކަށްވިކަން ފާހަގަކުރެވުނު. އެހެންވީމަ މިފަދަ ކަންކަމަކީ ވަލިއްޔުލްއަމްރަކަށް ބައްލަވަން ކެތްކުރެވޭނެ ކަންކަމެއް ނޫން. ވަޒީރު

ސިޔާސީ ގޮތުން ކިތަންމެ ގެއްލުންތަކެއް ވީނަމަވެސް އޭރަކު ނިންމަވަން ޖެހިވަޑައިގަންނަވާ ކޮންމެ ނިންމެވުމެއް ރައީސް ނަންގަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޖެނެރޭޝަނަލް ބޭންއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސް ބައްލަވަނީ ސިޔާސީ ފައިދާއަށްވުރެ ބޮޑަށް ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކަމަށެވެ.

ދުންފަތުން ދުރުހެލިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މިއަދު ތަންފީޒް ކުރަން ފެށި "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ"އަކީ އަދުގެ ޖީލުތަކަށާއި އަންނަން އޮތް އެތަކެއް ޖީލުތަކަށް އޭގެއިން ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް ގިނަބަޔަކު ދެކެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓް އަޑީކާޑު ތަޢާރަފްކުރަނީޚަބަރު | 3 މަސް ކުރިންފުލުހުންގެ މަރުކަޒުތައް ގިނަވުމުން ކުށްކުރާ މީހުން ބިރުގަންނާނެ : ވަޒީރު އިހްސާންޚަބަރު | 3 މަސް ކުރިންވަޒީރު އިހްސާންގެ މެސެޖެއް ރައީސް ޔާމީނަށް: މި ދައުރުގައި ފުލުހުންގެ މުއައްސަސާވާނީ ޔާމީން ވެސް ފަހުރުވެރިވާ ތަނަކަށްޚަބަރު | 3 މަސް ކުރިންފުލުހުންގެ ތަޙުޤީޤު އެ މީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް ހަމްދަރުދީއެއް ނޯންނާނެ: ވަޒީރު އިހްސާންޚަބަރު | 3 މަސް ކުރިން