logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ ތަޙުޤީޤު އެ މީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް ހަމްދަރުދީއެއް ނޯންނާނެ: ވަޒީރު އިހްސާން

އައިޝަތު ނަޝާ
4 ޑިސެމްބަރު 2025 - 08:10
ހޯމް މިނިސްޓަރ އިހްސާން
ހޯމް މިނިސްޓަރ އިހްސާން

ފުލުހުންގެ ތަޙުޤީޤު އެ މީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަޙުމެއް، ހަމްދަރުދީއެއް އިސްތިސްނާއެއް ނޯންނާނެކަމަށާއި، އަދި ޤާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެ މީހުންނާ މެދު އެޅޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަން އަލިމަގުގެ ތެރެއިން އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ އިސް ބަޔަކު ހައްޔަރުކުރުމާ ގުޅިގެން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

 

 ވަޒީރު ވިދާޅުވީ ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ހިންގަމުންދާ ޚާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ވަކިން ޓާރގެޓްކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އެކަންކުރުން ހުއްޓާލުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.


މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ އައްޑޫގެ ޑްރަގް ނެޓްވޯރކެއްގެ އިސް މީހުންތަކެއް ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި މީހުންނާ ގުޅޭގޮތުން މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑަރކުރުމުގެ ތަޙުޤީޤެއް ފެށީ މި އަހަރު މާރިޗު މަހުގެ ތެރޭގައި ކަމަށެވެ.

އެގޮތުން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާކަން ފުލުހުން ވަނީ ބުނެފައެެވެ. އަދި ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިޔަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ތަޙުޤީޤު އެ މީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް ހަމްދަރުދީއެއް ނޯންނާނެ: ވަޒީރު އިހްސާންޚަބަރު | ގަޑިއިރެއް ކުރިންތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ: ވަޒީރުޚަބަރު | 2 ދުވަސް ކުރިންސިޔާސީ ގޮތުން ގެއްލުންވިޔަސް ރައީސް މުއިއްޒަކީ ސިޔާސަތުތައް ތަންފީޒުކުރައްވާނެ ވެރިއެއް: އިހުސާންޚަބަރު | 8 ދުވަސް ކުރިން އައިއެމްސީޓީސީ ސެންޓަރުގައި ދިވެހި އޮފިސަރުން މަސައްކަތް ކުރާތީ ފަހުރިވެރިވޭ: ވަޒީރު އިޙްސާންޚަބަރު | 9 ދުވަސް ކުރިން