logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީރު އިހްސާންގެ މެސެޖެއް ރައީސް ޔާމީނަށް: މި ދައުރުގައި ފުލުހުންގެ މުއައްސަސާވާނީ ޔާމީން ވެސް ފަހުރުވެރިވާ ތަނަކަށް

އައިޝަތު ނަޝާ
5 ޑިސެމްބަރު 2025 - 10:29
ވަޒީރު އިހްސާންގެ މެސެޖެއް ރައީސް ޔާމީނަށް: މި ދައުރުގައި ފުލުހުންގެ މުއައްސަސާވާނީ ޔާމީން ވެސް ފަހުރުވެރިވާ ތަނަކަށް

މި ފަސް އަހަރު ނިމިގެން ދާއިރު ފުލުހުންގެ މުއައްސަސާ ވެގެންދާނީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ އަދި ކުރީގެ ރައީސް އިބްރުﷲ ޔާމީން އަބްދުލް ޤައްޔޫމްވެސް ފަހުރުވެރިވެވަޑައިގެންނަވާނެ ފަދަ މުއްއްސަސާއަކަށް ކަމަށް ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޚްސާން ވިދާޅުވެއްޖެެެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ފުލުހުންގެ ނަޒާހާތްތެރިކަމާއި އެ ޚިދުމަތަށް އާންމުން ކުރާ އިތުބާރު އަނބުރާ ގެންނަން ޖެހޭ ކަމަށާއި، ނަމަވެސް ވަޒީރު އިހުސާން އެ މަސައްކަތް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވުމާ ގުޅިގެން، އެކަމަށް ރައްދުދެއްވާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ބާއްވަމުންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޔާމީނަށް ރައްދު ދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ، ފަސް އަހަރުގެ ވެރިކަމެއް ޔާމީން ކުރައްވާފައި "ސިޓީން ރޫމުގައި ފްރޮންޓް އޮފީސް" ހިންގަވަމުން ފުލުހުންގެ ވާހަކަދެއްކެވުމުގެ ބަދަލުގައި އެ ވެރިކަމުގަ ރައީސް އޮފީހުގައި ހުންނަވައިގެން އެކަން ކުރެއްވިނަމަ، މިއަދު އޮންނާނީ ރައްޔިތުން ފުރިހަމައަށް އިތުބާރު ކުރައްވާ ފުލުހުންގެ މުއައްސަސާއެއް ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މާތްﷲގެ އިރާދަފުޅާއެކު މި ފަސް އަހަރު ނިމިިގެން ދާއިރު ފުލުހުންގެ މުއައްސާސާ ވާނީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ އަދި ރައީސް ޔާމީން ވެސް ފަހުރުވެރިވެވަޑައިގަންނަވާ މުއައްސަސާއަކަށް ކަމަށެވެ.

"އެކަން އަޅުގަނޑުމެން ކުރާނަން. ފުލުހުންގެ ތެރޭ ގިނައީ ގައުމީ ހިދުމަތުގެ ރޫހު ހުރި މި ވަތަން ދެކެ ލޯބިވާ ބޭފުޅުން. އެބޭފުޅުން ކުރައްވާ ހިދުމަތަށް އަޅުގަނޑު ފަހުރުވެރިވަން. އެތާނގަ ހުރި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން ދަނެ އެކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރައި ޔަގީންކަމާއެކު ރައީސް މުއިއްޒު ވެރިކަން ކުރައްވަނީ" ވަޒީރު އަލީ އިޚްސާން

ވަޒީރު މިފަދައިން ވިދާޅުވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް މިދިޔަ މަހުގެ 13ގައި ފުލުހުން ވަނީ 'އަލިމަގު'ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ވަނީ އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ ބޮޑުންތަކެއް ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ތަހުގީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށް ވެސް އިތުރު ރަހުމެއް އިސްތިސްނާއެއް ނޯންނާނެ ކަމަށް ލިޔުއްވައި، އިހުސާން ވަނީ، ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅުކަން ފާހަގަކުރައްވާފައެވެ.

އެ ވާހަކައަށް އިޝާރާތްކުރައްވައި، ރައިސް ޔާމީން ވިދާޅުވީ، މަސްތުވާތަކެތީގެ މުއާމަލާތްކުރާ ބޮޑުންނަށް އޮޕަރޭޝަންތައް އަމާޒުކުރާނެ ކަމަށް ވަޒީރު އިހުސާން ވިދާޅުވި ނަމަވެސް، މަސްތުވާތަކެތީގެ މުއާމަލާތްކުރާ "ކުޑަ މީހަކު"ވެސް ހަގީގަތުގައި ހައްޔަރު ނުކުރެވޭ ކަމަށެވެ.

ފުލުހުންގެ ތެރޭގައި ގިނައީ، ގައުމީ ޚިދުމަތުގެ ރޫހާއި ގައުމު ދެކެ ލޯބިވާ ބޭފުޅުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި، ރައީސް ޑރ. މުއިއްޒު ވެރިކަން ކުރައްވަނީ، ފުލުހުންގެ މުއައްސަސާގެ ތެރޭގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން ދެނެވަޑައިގެން، އެ ކަންކަން ރަނގަޅު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަމާ އެކީގައި ކަަމަށް ވަޒީރު އިހުސާން ވިދާޅުވިިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރު އިހްސާންގެ މެސެޖެއް ރައީސް ޔާމީނަށް: މި ދައުރުގައި ފުލުހުންގެ މުއައްސަސާވާނީ ޔާމީން ވެސް ފަހުރުވެރިވާ ތަނަކަށްޚަބަރު | ގަޑިއިރެއް ކުރިންފުލުހުންގެ ތަޙުޤީޤު އެ މީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް ހަމްދަރުދީއެއް ނޯންނާނެ: ވަޒީރު އިހްސާންޚަބަރު | ދުވަހެއް ކުރިންތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭ: ވަޒީރުޚަބަރު | 3 ދުވަސް ކުރިންސިޔާސީ ގޮތުން ގެއްލުންވިޔަސް ރައީސް މުއިއްޒަކީ ސިޔާސަތުތައް ތަންފީޒުކުރައްވާނެ ވެރިއެއް: އިހުސާންޚަބަރު | 9 ދުވަސް ކުރިން