logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓް އަޑީކާޑު ތަޢާރަފްކުރަނީ

އާމިނަތު ޝަފާ
18 ޑިސެމްބަރު 2025 - 10:14
އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓް އަޑީކާޑު ތަޢާރަފްކުރަނީ

އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓު އަޑީކާޑު ތަޢާރަފްކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޑިޖިޓަލް އިގްތިޞާދު ފުޅާކޮށް، 2030ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާ ވަޒީރު ވަނީ ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކުގަ ސްމާޓު އަޑީކާޑެއްގެ ޒަރިއްޔާއިން ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.

މި ވަގުތަށް ބަލާއިރު ދެލައްކަ ހަތްދިހަ ދެހާސް، އުމުރުން 10 އަހަރަށް ވުރެ ގިނަ ދިވެހިން ވަނީ އަޅުގަނޑުމެންގެ ޑިޖިޓަލް އައިޑީ ނިޒާމުގެ ތެރެއަށް ގެނެވިފަ. އެއީ ރާއްޖޭގެ އެ އާބާދީގެ 80 އިންސައްތަ. އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ހަމަ ފާހަގަކުރެވޭ ޑިޖިޓަލް އައިޑީގެ ނިޒާމުގެ ތެރެއަށް ވަންނަ ތަން. އަދި އެ ނިޒާމުގެ ތެރެއަށް ވަދެ އެ ބޭނުންކުރެވިގެން ސަަރުކާރުގެ އެކިއެކި އިދާރާތަކުން ދޭ ޚިދުމަތްތައް ފުޅާ ދާއިރާއެއްގަ އެ ބޭފުޅުންނަށް ބޭނުންކުރުމުގެ އެކްސެސް މިހާރު ލިބޭނެ. ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން

ވަޒީރު ވިދާޅުވީ ވަން ގަވްގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ 17 އިދާރާއެއް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޑިޖިޓަލައިޒްވެއްޖެ ކަމަށެވެ.

ޑޭޓާ އެކްސްޖޭންޖް ލޭޔާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ދަލަތުގެ އެކި އިދާރާތައް ވަކިވަކިން ސިސްޓަމްތަކެއް ހަދައިގެން އޮޕަރޭޓް ކުރާ ކުރުން ނިމުމަކަށް އަންނާނެ ކަމަށެވެ.

މިކަމުގެ ނަތީޖާއަކީ އާންމު ރައްޔިތުން ވަކި ވަކި އިދާރާތަކަށް ޚިދުމަތް ހޯދުމަށް އެދޭއިރު އެއް އިދާރާއަކުން ދީފަ ހުންނަ މައުލޫމަތު އަނެއް އިދާރާއަށް ފޯރުކޮށްދޭން ޖެހޭ ހާލަތު އެއްކޮށް ނިމިގެންދިޔުން. ރައްޔިތު މީހާ ޙިދުމަތަކަށް އެދޭއިރު އޭނާގެ އައިޑީ ކާޑު ޖެހުމަށް ފަހުގަ އޭނާ އެ ހޯދާ ޚިދުމަތެއް ސިސްޓަމްގެ ތެރެއިން ފެނިގެންދާނެ. ރައްޔިތުންނަށް ލިބޭނެ ފަސޭހަ ވަރަށް ބޮޑުވާނެ. ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމާއެކު، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ މޯލްޑިވްސް 2.0 މަޝްރޫޢުގެ ދަށުން ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.

ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް، ޑިޖިޓަލް އައު ޒަމާނަކަށް ދިވެހިރާއްޖެ ވާސިލްކޮށްދިނުމަށް ހިންގަން ފަށާފައިވާ "މޯލްޑިވްސް 2.0" މަޝްރޫޢަކީ، ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ ތާރީޚު ބަދަލުކޮށްލާނެ މަސައްކަތެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓް އަޑީކާޑު ތަޢާރަފްކުރަނީޚަބަރު | 12 ގަޑިއިރު ކުރިންފުލުހުންގެ މަރުކަޒުތައް ގިނަވުމުން ކުށްކުރާ މީހުން ބިރުގަންނާނެ : ވަޒީރު އިހްސާންޚަބަރު | 6 ދުވަސް ކުރިންވަޒީރު އިހްސާންގެ މެސެޖެއް ރައީސް ޔާމީނަށް: މި ދައުރުގައި ފުލުހުންގެ މުއައްސަސާވާނީ ޔާމީން ވެސް ފަހުރުވެރިވާ ތަނަކަށްޚަބަރު | 13 ދުވަސް ކުރިންފުލުހުންގެ ތަޙުޤީޤު އެ މީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް ހަމްދަރުދީއެއް ނޯންނާނެ: ވަޒީރު އިހްސާންޚަބަރު | 15 ދުވަސް ކުރިން