އޭއައި ބޭނުންކުރާ ދައުލަތެއް ބިނާކުރުމަކީ، ޒިންމާދާރުކަން ކަނޑާލުމެއް ނޫން: ވަޒީރު އިހްސާން
18 މޭ 2026 - 06:41

އޭއައި ބޭނުންކުރާ ދައުލަތެއް ބިނާކުރުމަކީ އިންސާނާގެ ވިސްނުމުގެ ބަދަލުގައި ޒިންމާދާރުކަން ކަނޑާލުން ނޫން ކަމަށާއި، އޭގެ ބަދަލުގައި މިއީ ހަރުދަނާ ދައުލަތެއް ބިނާކޮށް ޤާބިލްކަން އިތުރުކުރުމަށް ކުރެވޭނެ މަސައްކަތެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާލުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރ،ނުވަތަ މޯލްޑިވްސް އޭއައި ލެބް އިފްތިތާޙްކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
މި ލެބް އިފްތިތާޚްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވަނީ، މިއީ ވެރިކަން ހިންގުމާއި އިގްތިސާދީ ބަދަލުތަކުގެ ކުރިއަށް އޮތް ދައުރަށް ބޭނުންވާ ގައުމީ ގާބިލުކަން ބިނާކުރުމަށް ދިވެހިރާއްޖެއިން ނިންމި ނިންމުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
.jpeg&w=3840&q=75)
ވަޒީރު އިޙްސާން ވިދާޅުވީ ބާރުދުވެލީގައި ކުރިއަރަމުން އަންނަ މި ދުނިޔޭގައި، ދިވެހިރާއްޖެ ވާންޖެހެނީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުން ކުރާ ޤައުމަކަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި ރާއްޖެ ވާންޖެހެނީ ޓެކްނޮލޮޖީތައް ޤާއިމްކޮށް ބަލަހައްޓާ ޤައުމީ މަސްލަހަތު އިސްކޮށް ޚިދުމަތް ދިނުމުގެ ޤާބިލްކަން ލިބިފައިވާ ޤައުމަކަށް ކަމަށެވެ. އަދި މިކަމަށް މަގުފަހި ކުރުމަށް، މޯލްޑިވްސް 2.0 ގެ ދަށުން ޤާނޫނާއި އޮނިގަނޑުތައް އެކުލަވާލައި، ޑިޖިޓަލް އިންފްރާސްޓަރަކްޗަރ އަދި އޭގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކޮންމެ އައު ޓްރެންޑެއްގެ ފަހަތުން ދުވާ ޓެކްނޮލޮޖީގެ ޝޯވްރޫމަކަށް މޯލްޑިވްސް އޭއައި ލެބް ނުވާނެ ކަމަށްށެވެ.ސަރުކާރުގެ ވިސްނުމަކީ ޕްރައިވެޓް ސެކްޓަރގެ ތެރެއިން އައު އީޖާދުތަކަށް ފުރުސަތުދީ، އިންވެސްޓްމަންޓްތަކާއި، އިންޖިނިއަރިންގ ގާބިލުކަމާއި، އަދި އިގްތިސާދީ ކުރިއެރުމުގައި އަމިއްލަ ސެކްޓަރުގެ ދައުރު އަދިވެސް އޮތީ މައިގަނޑު އަސާސެއްގެ ގޮތުގައެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުގެ ހަމައެކަނި އަމާޒަކީ ޑިޖިޓަލައިޒޭޝަން ނޫންކަމަށާއި އެއަށްވުރެ ފުޅާ ވިސްނުންތެރި ދައުލަތެއް ބިނާކުރުމަކީ މިމަސައްކަތުގެ އަމާޒެއް ކަމަށެވެ. އަދި އެފަދަ ދައުލަތަކީ އަވަހަށް އިޖާބަދޭ، ރަނގަޅަށް ރޭވުންތައް ރާވާ، ޑޭޓާ ހަރުދަނާކޮށް ބޭނުންކުރާ، މުހިންމު ނިޒާމުތައް ރައްކާތެރިކަން ކަށަވަރުވެފައިވާ، އިތުބާރުހުރި ހިދުމަތްތައް ފޯރުކޮށްދޭ ދައުލަތެއް ކަމަށެވެ.


