logo
Bank of Maldives

Bank of Maldives

ޚަބަރު

ކަރަންޓު މައްސަލަ ހައްލުކުރަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް

އާމިނަތު ޝަފާ
26 ނޮވެމްބަރު 2025 - 09:21
ސްޓެލްކޯ މައި އޮފީސް
ސްޓެލްކޯ މައި އޮފީސް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި އެކިވަރުގެ އަނިޔާވެ ސްޓެލްކޯ މުވައްޒަފަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއްކަމަށް ސްޓެލްކޯއިން ބުނެފައިވަނި ހުޅުމާލެ ބާ އިންޖީނު ގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. މިކަމާ ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ދޭން ބޭނުންކުރާ ބައެއް ފީޑަރުތައް ނިވި ކަރަންޓު ނުލިބި ބައެއް ހިސާބުތަކަށް 2 ގަޑިއިރުވެސްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި ކުންފުނީގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިގެން މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މާލެ ސަރަހައްދުން ކަރަންޓު ކެނޑުނުއިރު މި ފަހުން ދެ ފަހަރެއްގެ މަތިން މުޅި މާލެ ސަރަހައްްދުން ކަރަންޓު ކެނޑިފައިވެއެވެ. ނަމަވެސް ސްޓެލްކޯއިންވަނީ މައްސަލަ ހައްލުކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްޚަބަރު | 3 ދުވަސް ކުރިންކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 4 ދުވަސް ކުރިންސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި" އިފްތިތާހްކޮށްފިޚަބަރު | 8 ދުވަސް ކުރިންސްޓެލްކޯގައި ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން - ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފިޚަބަރު | 11 ދުވަސް ކުރިން