މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް ކަރަންޓު ދީފި
އާމިނަތު ޝަފާ
26 ނޮވެމްބަރު 2025 - 10:02

ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓުދީފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ހުޅުމާލެ އާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

Ad by Hajj Corporation
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ހުޅުމާލެ ބާ އިންޖީނު ގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެކަމުގެ ސަބަބުން މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދޭން ބޭނުންކުރާ ބައެއް ފީޑާތައް އޮފްވެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
ނަމަވެސް މާލެ އާއި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން މިހާރުވަނީ ކަރަންޓު ދީފައެވެ.


