ހިންމަފުށީ އިންޖީނުގޭގެ މުވައްޒަފުންނަށް ފެނުގެ ކޮލިޓީ ޓެސްޓުކުރުމުގެ ތަމްރީނެއް ސްޓެލްކޯއިން ހިންގައިފި
12 ފެބްރުއަރީ 2026 - 14:26

މާލެ އަތޮޅު ހިންމަފުށީ އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ފެނުގެ ކޮލިޓީ ޓެސްޓުކުރުމާއި ލެބޯޓްރީ މަސައްކަތްތަކަށް އަހުލުވެރި ކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ސްޓެލްކޯއިން ކުރިއަށް ގެންގޮސްފިއެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ފެނުގެ ހިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތައް ހިފެހެއްޓުމަށް ބޭނުންވާ ފަންނީ ހުނަރާއި މައުލޫމާތު މުވައްޒަފުންނަށް ފޯރުކޮށްދީ އާންމުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމެވެ.
ސްޓެލްކޯ އިން އަންނަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތަފާތު ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ.
އެ ގޮތުން މާލެ އަތޮޅު ގުރައިދޫ އިންޖީނުގޭގެ މުވައްޒަފުންނަށް ހާއްސަކޮށްގެން "ހެލްތް، ސޭފްޓީ އެންޑް ސެކިއުރިޓީ" ތަމްރީނު ޕްރޮގްރާމެއް މި ފަހުން ވަނީ ހިންގާފައެވެ.

Ad by Hajj Corporation


