logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

އައިޝަތު ނަޝާ
12 ފެބްރުއަރީ 2026 - 07:52
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށްޓަކައި، މިއަދު މެންދުރުފަހު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، މި މަސައްކަތަކީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ ވަރުގަދަކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިއަދު، 12 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު އެވެ.ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ، ރަބަރުގަސް މަގު ގޯޅި 8 އަދި 9 ހިމެނޭ ސަރަޙައްދުތަކުންނެވެ.

ސްޓެލްކޯއިން ބުނީ މި ސަރަހައްދުތަކުން މިއަދު މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސްޓެލްކޯއިން އަންނަނީ މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގަ އިތުރަށް ތަރައްގީކޮށް، މެދުކެނޑުމެއް ނެތި ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯޚަބަރު | 2 ގަޑިއިރު ކުރިންސްޓެލްކޯއިން 4000 ފްލެޓަށް ކަރަންޓު ދިނުމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 22 ދުވަސް ކުރިންސްޓެލްކޯގެ "ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" އިން ހިންގި ފުރަތަމަ ތަމްރީނުގެ ނިންމުން ފާހަގަކޮށްފިޚަބަރު | މަހެއް ކުރިންސަމާހުގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއް އޭސީސީ އަށް ހުށަހަޅައިފިޚަބަރު | މަހެއް ކުރިން