logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޓެލްކޯއިން 4000 ފްލެޓަށް ކަރަންޓު ދިނުމުގެ މަސައްކަތް ނިންމާލައިފި

އައިޝަތު ނަޝާ
21 ޖެނުއަރީ 2026 - 12:30
ސްޓެލްކޯއިން 4000 ފްލެޓަށް ކަރަންޓު ދިނުމުގެ މަސައްކަތް ނިންމާލައިފި

‏ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ފްލެޓްތަކަށް ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ކުރިއަށްގެންދިޔަ އެންމެހާ މަސައްކަތްތައް މިހާރު ނިންމާލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

އެ މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރަށް، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ފުރިހަމަކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މި ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު މި ދައުރުގެ ތެރޭގައި ހިންގެވުމެވެ. މިގޮތުން، މާލެ ސަރަޙައްދާއި ރަށްރަށުގައި ހިޔާވަހިކަމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢުތައް މިހާރު ހިންގަވަމުން ގެންދަވާއިރު، އަތޮޅުތަކުގައި އެންމެ ގިނަ ފްލެޓް ބިނާކުރުމަށް މިހާތަނަށް ހިންގޭ މަޝްރޫޢު ސަރުކާރުން މިހާރު ވަނީ އިޢުލާނުކުރައްވައިފައެވެ.

ސަރުކާރުން ކަނޑައަޅުއްވާފައިވާ ހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުގައި، 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ހިޔާވަހިކަމެއްގެ ފުރުޞަތު ފަހިކޮށް ދެއްވާނެއެވެ.

މީގެ ކުރީން، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ދޫކުރައްވާފައިވާ ގިނަ ފްލެޓްތަކެއްގެ ކުލި މި ސަރުކާރުން ވަނީ ލުއިކޮށްދެއްވައިފައެވެ. އަދި ހިޔާފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިކޮށްދެއްވުމުގެ ގޮތުން، ކޮންމެ ޓަވަރަކު އިތުރު 2 ލިފްޓް ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ގެންދަވަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްޚަބަރު | ދުވަހެއް ކުރިންކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 2 ދުވަސް ކުރިންސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި" އިފްތިތާހްކޮށްފިޚަބަރު | 6 ދުވަސް ކުރިންސްޓެލްކޯގައި ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން - ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފިޚަބަރު | 9 ދުވަސް ކުރިން