logo
މަސްދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ރޯދަމަހަށް ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ވަކި ބިލެއް

އައިޝަތު ނަޝާ
14 ފެބްރުއަރީ 2026 - 12:13
ރޯދަމަހަށް ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ވަކި ބިލެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް ރަމަޟާންމަހަށް ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ސޯޝިއަލް މީޑިއާގަައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިމަހުގެ 16 އަދި 17 ވަނަ ދުވަހު އެ މަސައްކަތް ކުރިއަށްދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ 2024 އަހަރުން ފެށިގެން އެކިއެކި އިނާޔަތްތައް ރައްޔިތުންނަށް ހަމަޖައްސައިދެއްވަމުންނެވެ.

 

 

އެގޮތުން ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަކީ މިގޮތުން ކުރައްވާ އެއް މަސައްކަތެވެ. މިދިޔަ އަހަރުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން ވަނީ 130 މިލިޔަން ރުފިޔާ ޚަރަދު ކުރައްވާފައެެވެ. މިއީ ރަމަޟާން މަހެއްގައި މިގޮތަށް ހުރިހާ ރައްޔިތުންނަށް ބިލުތަކުން ޑިސްކައުންޓު ދޭ 3 ވަނަ ފަހަރެވެ.

ރަމަޟާންމަހާ ދިމާކޮށް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމެވުމުގެ އިތުރުން ރައްޔިތުން ކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ގޭބީސީއަކަށް މަސް ދަޅު ކޭހެއްވެސް ހަދިޔާކުރައްވާފައެވެ. އަދި ސަރުކާރުން ގެންދަވަނީ ކާބޯތަކެތީގެ އަގުތައް އުފުލުނަނުދީ ހިފެހެއްޓުމަށްވެސް މަސައްކަތްކުރައްވަމުންނެވެ.

މީގެއިތުރުން އާއިލާއާއި އަޅުކަމަށް ވަގުތު ޚާއްސަކޮށްދެއްވުމުގެ ރަމަޟާންމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން ދެއްވާފައިވާ ހަދިޔާތަކާއި އިނާޔަތްތަކާއެކު ރަމަޟާން މަހާއި ދިވެހިން މިހާރު ބައްދަލުކުރަނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއެކުއެވެ.


 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަމަހަށް ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ވަކި ބިލެއްޚަބަރު | 3 ގަޑިއިރު ކުރިންހިންމަފުށީ އިންޖީނުގޭގެ މުވައްޒަފުންނަށް ފެނުގެ ކޮލިޓީ ޓެސްޓުކުރުމުގެ ތަމްރީނެއް ސްޓެލްކޯއިން ހިންގައިފި ޚަބަރު | 2 ދުވަސް ކުރިންހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯޚަބަރު | 2 ދުވަސް ކުރިންސްޓެލްކޯއިން 4000 ފްލެޓަށް ކަރަންޓު ދިނުމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 24 ދުވަސް ކުރިން