logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕީއެސްޖީ އާއި ޓޮޓްނަމް ވާދަކުރި ފޯރިގަދަ މެޗު ވިޓީނިއާގެ ހެޓްރިކުން ޕީއެސްޖީ ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
27 ނޮވެމްބަރު 2025 - 05:32
ޕީއެސްޖީ އާއި ޓޮޓްނަމް ވާދަކުރި ފޯރިގަދަ މެޗު ވިޓީނިއާގެ ހެޓްރިކުން ޕީއެސްޖީ ކާމިޔާބުކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗު ޕީއެސްޖީއިން 5-3 ގެ ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފިއެވެ. މިމެޗުން އެ ޓީމަށް އެންމެ މުހިންމު ދައުރެއް އަދާކުރީ ޕޯޗުގަލްގެ މިޑްފީލްޑަރު ވިޓީނިއާ އެވެ. ވިޓީނިއާ ވަނީ މި މެޗުގައި ހެޓްރިކެއް ހަދައި، ދެ ފަހަރަށް ފަހަތުން އަރައި ޕީއެސްޖީއަށް މޮޅު ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.

މެޗުގެ ފުރަތަމަ މިނިޓްތަކުގައ ކްވަރަޓްސްކޭލިއާގެ ދެ ހަމަލާއެއް ގޯލާ ކައިރިން ބޭރުވެގެން ދިޔަ ނަމަވެސް، މެޗުގެ 35 ވަނަ މިނިޓްގައި ރިޗާލިސަން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ވިޓީނިއާ ވަނީ 20 ޔާޑު ބޭރުން ފޮނުވާލި ބާރުގަދަ ހަމަލާއެއް ގޯލުގެ މަތީ ކަނަށް ވައްދާލައިގެން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގެ ފަސް މިނިޓް ތެރޭގައި ޓޮޓެންހަމްއިން އަނެއްކާވެސް ލީޑު ހޯދި އެވެ. މިފަހަރު ލަނޑު ޖެހީ ޕީއެސްޖީގެ ކުރީގެ ކުޅުންތެރިޔާ ކޮލޯ މުއާނީ އެވެ. މެޗުގެ 53 ވަނަ މިނެޓިގައި ވިޓީނިއާ އަނެއްކާވެސް ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

މީގެ ކުޑަ ވަގުތުކޮޅެއް ފަހުން ޕީއެސްޖީން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. 59 ވަނަ މިނިޓްގައި ޖޯއާއޯ ނޭވޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ފަބިއަން ރޫއިޒް ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލާފަ އެވެ. 65 ވަނަ މިނިޓްގައި ވިލިއަން ޕާޗޯ ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ކޯނަރަކަށް ފަހު ޓޮޓެންހަމްގެ ޑިފެންސަށް ބޯޅަ ސާފުނުކުރެވުމުންނެވެ. އަދި ކޮލޯ މުއާނީ ވަނީ 72 ވަނަ މިނިޓްގައި ޓޮޓެންހަމަށް ތިންވަނަ ލަނޑު ޖަހައި، މެޗުގެ ފޯރި އަނެއްކާވެސް ގަދަކޮށްލާފަ އެވެ.

އެކަމަކު ވިޓީނިއާ ވަނީ 76 ވަނަ މިނިޓްގައި ޕެނަލްޓީއަކުން ލަނޑު ޖަހައި، އޭނާގެ ސީނިއާ ކެރިއަރުގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މި ޕެނަލްޓީ ދިނީ ކްރިސްޓިއަން ރޮމޭރޯ އަތުގައި ބޯޅަ ޖެހިގެން ވީއޭއާރުން ބެލުމަށް ފަހު އެވެ. މެޗުގެ ފަހުކޮޅު ލޫކަސް ހެނާންޑޭޒްއަށް ރަތްކާޑު ދެއްކި ނަމަވެސް، ޓޮޓެންހަމަށް ނަތީޖާ ބަދަލުކުރާނެ ވަގުތެއް ނުލިބުނެވެ.

ވިޓީނިއާ މި ހެޓްރިކާއެކު ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޓީމަކާ ދެކޮޅަށް ހެޓްރިކް ހެދި ނުވަވަނަ ކުޅުންތެރިޔާގެ ގޮތުގައި ތާރީޚުން ޖާގަ ހޯދިއިރު، ޕޯޗުގަލްގެ ކުޅުންތެރިއެއް މިކަން ކުރި ފުރަތަމަ ފަހަރު މިއީ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެސްޖީ އާއި ޓޮޓްނަމް ވާދަކުރި ފޯރިގަދަ މެޗު ވިޓީނިއާގެ ހެޓްރިކުން ޕީއެސްޖީ ކާމިޔާބުކޮށްފިކުޅިވަރު | 20 ގަޑިއިރު ކުރިންޓޮޓްނަމް އަށް ދޯކާދިން އެޒޭގެ ހެޓްރިކުން އެޓީމު ބަލިކޮށް އާސެނަލް ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑެއްކުޅިވަރު | 4 ދުވަސް ކުރިންއަޝްރަފް ހަކީމީއަށް އެފްރިކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑްކުޅިވަރު | 8 ދުވަސް ކުރިންއެމްބާއްޕޭ އާއި ޕީއެސްޖީ މައްސަލައިގެ ހުކުމް ކޯޓުން އަންނަ ޑިސެމްބަރުގައި ކުރަނީކުޅިވަރު | 10 ދުވަސް ކުރިން