logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސެމެންޔޯގެ ފަހު މެޗުގައި ފަހު ވަގުތުގެ ލަނޑާއެކު ބޯންމައުތުން ޓޮޓެންހަމް ބަލިކޮށްފި

އަބްދުﷲ ޣާނިމް
8 ޖެނުއަރީ 2026 - 03:25
ސެމެންޔޯގެ ފަހު މެޗުގައި ފަހު ވަގުތުގެ ލަނޑާއެކު ބޯންމައުތުން ޓޮޓެންހަމް ބަލިކޮށްފި

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެންޓޮއިން ސެމެންޔޯ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑާއެކު، ބޯންމައުތުން 3-2 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށްފިއެވެ. މިއީ ބޯންމައުތުން މޮޅެއް ނުލިބި ފާއިތުވި 11 މެޗަށްފަހު ހޯދި ފުރަތަމަ މޮޅެވެ.

މިއީ މެންޗެސްޓަރ ސިޓީއަށް ބަދަލުވާން ތައްޔާރުވަމުންދާ ސެމެންޔޯ އެ ޓީމަށް ކުޅެދޭ ފަހު މެޗަށް ވުމަކީ އެކަށީގެންވާ ކަމެއްކަމުގައި މީގެކުރިން ކޯޗުބުނެފައިވެއެވެ. މެޗުގެ 95 ވަނަ މިނެޓުގައި އޭނާ ޖެހި މި ލަނޑަކީ ބޯންމައުތުގެ ސަޕޯޓަރުންނަށް ދިން ވަރަށް ހާއްސަ ވަދާއީ ހަދިޔާއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވައިޓަލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓުގައި މެތިސް ޓެލް ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޯންމައުތުން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން 22 ވަނަ މިނެޓުގައި އެވަނީލްސަން ބޮލުން ޖެހި ލަނޑަކުން ނަތީޖާ އެއްވަރުކުރިއިރު، ހާފު ނިމުމުގެ ކުރިން ޖޫނިއާ ކްރޫޕީ ވަނީ ބޯންމައުތަށް ލީޑު ހޯދައިދީފައެވެ.

ދެވަނަ ހާފުގައި ޓޮޓެންހަމްގެ ރިޗާލިސަން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، 78 ވަނަ މިނެޓުގައި ޔާއޯ ޕަލީނިއާ ވަނީ ހިތްގައިމު ބައިސިކަލް ކިކަކުން ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މީގެ އިތުރުން މެޗުގެ ފަހުކޮޅު ވެން ޑި ވެން އަށް ޕެނަލްޓީއެއް ދިނުމަށް ރެފްރީ ނިންމި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.

މެޗުން ބޯންމައުތު މޮޅުވީ 94:40 ގައެވެ. މިއީ އެ ޓީމުގެ ތާރީޚުގައި ޕްރިމިއާ ލީގުގައި ކާމިޔާބުކުރި ދެވަނައަށް އެންމެ ލަސް މޮޅުވި ލަނޑެވެ. މި ނަތީޖާއާއެކު ޓޮޓެންހަމް ވަނީ މިދިޔަ ސީޒަނުން ފެށިގެން ލީގުގައި 30 މެޗުން ބަލިވެފައެވެ. މިއީ މި މުއްދަތުގައި ވޮލްވްސް ފިޔަވައި އެހެން ކްލަބަކުން ލީގުގައި ބަލިވި އެންމެ ގިނަ އަދަދެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެމެންޔޯގެ ފަހު މެޗުގައި ފަހު ވަގުތުގެ ލަނޑާއެކު ބޯންމައުތުން ޓޮޓެންހަމް ބަލިކޮށްފިކުޅިވަރު | ދުވަހެއް ކުރިންޓޮޓްނަމް، ސިޓީ އަދި ލިވަޕޫލުން އާސެނަލް އަށް އައުއަހަރުގެ ހަދިޔާދީފިކުޅިވަރު | 7 ދުވަސް ކުރިންޕެލަސް ބަލިކޮށް ޓޮޓްނަމް ތާވަލުގެ 11 ވަނައަށްކުޅިވަރު | 11 ދުވަސް ކުރިން9 މީހުންނާއެކު ކުޅުނު ޓޮޓްނަމް ބަލިކޮށް ލިވަޕޫލުން ޖެހިޖެހިގެން ތިން މޮޅުހޯދައިފިކުޅިވަރު | 19 ދުވަސް ކުރިން