logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހުވަގުތުގެ ގޯލާއެކު ޗެންޕިއަން ޕީއެސްޖީ ބަލިވެއްޖެ

އަބްދުﷲ ޣާނިމް
21 ޖެނުއަރީ 2026 - 05:36
ފަހުވަގުތުގެ ގޯލާއެކު ޗެންޕިއަން ޕީއެސްޖީ ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގައި ރޭގައި އެންމެ ފަހުގެ ޗެންޕިއަން ޕީއެސްޖީގެ މައްޗަށް 2-1 އިން ކުރިހޯދައި ސްޕޯޓިންގް ސީޕީ އިން މުހިންމު މޮޅެއް ހޯދައިފިއެވެ. މި ނަތީޖާއާއެކު މުބާރާތުގެ ގަދަ އަށެއްގެ ތެރޭގައި ހިމެނުމަށް ޕީއެސްޖީން ކުރަމުންދާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް ކުރިމަތިވެފައެވެ.

އެސްޓާޑިއޯ ހޯސޭ އަލްވަލާޑޭގައި ކުޅުނު މި މެޗު ޕީއެސްޖީން ވަރުގަދަކޮށް ފަށައި، މެޗުގެ ކުރީކޮޅު ވިޓީނިއާ އާއި ނޫނޯ މެންޑޭޒް ފޮނުވާލި ހަމަލާތައް ސްޕޯޓިންގްގެ ކީޕަރު ރުއީ ސިލްވާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ވެސް ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ ޖެހި ލަނޑެއް އޮފްސައިޑްވުމުގެ ސަބަބުން ގަބޫލުނުކުރިއިރު، މެޗުގެ އޮއިވަރާ ދެކޮޅަށް ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ސްޕޯޓިންގް އިންނެވެ. މެޗުގެ 74 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ސުއަރޭޒްއެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ކްވިޗާ ކްވަރަޓްސްކޭލިއާ ވަނީ ހިތްގައިމު ލަނޑެއް ޖަހައި ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުން ޕީއެސްޖީއަށް ޕޮއިންޓެއް ލިބޭނެ ކަމަށް ބެލެވިފައި ވަނިކޮށް، 90 ވަނަ މިނެޓުގައި ސުއަރޭޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ސްޕޯޓިންގްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މި ލަނޑަކީ ޓްރިންކާއޯ ފޮނުވާލި ހަމަލާއެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ބޮލުން ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ޕީއެސްޖީން މެޗުގެ 74.6 އިންސައްތަ ބޯޅަ ހިފަހައްޓައި 28 ހަމަލާ އުފެއްދި ނަމަވެސް، އެޓީމަށް ލަނޑު ޖެހުމުގައި ނަސީބު އެހީތެރިއެއް ނުވިއެވެ. މިއީ 2013 ވަނަ އަހަރަށްފަހު ޔޫރަޕްގެ ގަދަ ފަސް ލީގުން ބޭރުގެ ޓީމެއް އަތުން ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރެވެ. މި މޮޅާއެކު ސްޕޯޓިންގް ވަނީ ތާވަލުގެ ހަވަނަ އަށް ޖެހިލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ގޯލާއެކު ޗެންޕިއަން ޕީއެސްޖީ ބަލިވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންބާސެލޯނާގެ ޒުޥާން ކުޅުންތެރިޔާ ޑްރޯ ފެނާންޑޭޒް ޕީއެސްޖީއަށް ބަދަލުވަނީކުޅިވަރު | 4 ދުވަސް ކުރިންޕީއެސްޖީއިން ފުރަތަމަ ފަހަރަށް ފީފާގެ މުބާރާތެއް ކާމިޔާބުކޮށްފިކުޅިވަރު | މަހެއް ކުރިންއެމްބާއްޕޭއަށް 60 މިލިޔަން ޔޫރޯދޭން ފްރާންސްގެ ކޯޓަކުން ޕީއެސްޖީއާއި ދެކޮޅަށް އަމުރުނެރެފިކުޅިވަރު | މަހެއް ކުރިން