logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ކުޅިވަރު

ފަހަތުން އަރައި ތިން ލަނޑުޖަހައި، ޕީއެސްޖީގެ ޓީމާމެދު ސުވާލު އުފައްދާ ފަރާތްތަކަށް ބޮޑު ރައްދެއްދީފި

އަބްދުﷲ ޣާނިމް
18 ފެބްރުއަރީ 2026 - 05:56
ފަހަތުން އަރައި ތިން ލަނޑުޖަހައި، ޕީއެސްޖީގެ ޓީމާމެދު ސުވާލު އުފައްދާ ފަރާތްތަކަށް ބޮޑު ރައްދެއްދީފި

ޗެމްޕިއަންސް ލީގުގެ ޕްލޭ-އޮފް ފުރަތަމަ ލެގުގައި ރޭ މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުގައި، ދެ ލަނޑުން ފަހަތުގައި އޮއްވައި ޑެސިރޭ ޑޫއޭ ކާމިޔާބުކުރި ދެ ލަނޑާއެކު 3-2 އިން ޕީއެސްޖީ މޮޅުވެއްޖެއެވެ. މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ބޮޑުބައެއް އެ ޓީމުން ކުޅުނީ އެލެގްޒެންޑަރ ގޮލޮވިންއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މެޗު ފެށިގެން އެންމެ 55 ސިކުންތުގެ ތެރޭގައި މޮނާކޯއިން ވަނީ ލީޑު ނަގާފައެވެ. ގޮލޮވިން ނަގައިދިން ހުރަހަކުން ފޮލަރިން ބަލޮގުން ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. އަދި މެޗުގެ 18 ވަނަ މިނެޓުގައި ބަލޮގުން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި މޮނާކޯއަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެސްޖީއަށް މެޗުގެ ތެރެއަށް އެނބުރި އައުމަށް ފުރުސަތެއް ލިބުނީ މޮނާކޯގެ ވައުޓް ފޭސް، ކްވިޗާ ކްވަރަޓްސްކޭލިއާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ނަމަވެސް ވިޓީނިއާ ފޮނުވާލި ޕެނަލްޓީ މޮނާކޯގެ ކީޕަރު ފިލިޕް ކޯން ވަނީ ދިފާއުކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޕީއެސްޖީގެ އޮސްމާން ޑެމްބެލޭއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ.

ޑެމްބެލޭގެ ބަދަލުގައި ކުޅެން އެރި ޑޫއޭ ވެގެންދިޔައީ މެޗުގެ ބަދަލުކޮށްލި ކުޅުންތެރިޔާއަށެވެ. އޭނާ ކުޅެން އެރިތާ އެންމެ ދެ މިނެޓެއްހާއިރު ތެރޭގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިއެވެ. އަދި ހާފު ނިމުމުގެ ހަތަރު މިނެޓު ކުރިން އަޝްރަފް ހަކީމީ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-2 އަށް އެއްވަރުކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި މޮނާކޯގެ ގޮލޮވިން، ވިޓީނިއާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. މިއީ އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް އޭނާއަށް ދެއްކި ދެވަނަ ރަތް ކާޑެވެ. ޕީއެސްޖީ މޮޅުކޮށްދިން ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީވެސް ޑޫއޭއެވެ.

މި މެޗުގައި ޑޫއޭ ދެއްކި ކުޅުމާއެކު އޭނާ ވެފައިވަނީ 2019 ވަނަ އަހަރު ކީލިއަން އެމްބާޕޭއަށްފަހު، ޗެމްޕިއަންސް ލީގު މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ޕީއެސްޖީއަށް ދެ ލަނޑު ކާމިޔާބުކޮށްދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ލިވަޕޫލް ބަލިކޮށް ޕީއެސްޖީން ސެމީ ފައިނަލާ ގާތަށް ޖެހިލައިފިކުޅިވަރު | 6 ދުވަސް ކުރިންޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީއިން ވޯލްޑް ޗެންޕިއަން ޗެސްލީ ހުތުރު ގޮތަކަށް ޔޫރަޕުން ބޭރުކޮށްލައިފިކުޅިވަރު | މަހެއް ކުރިންކުލަބް ވޯލްޑްކަޕްގެ ބަދަލުހިފައި ދެވަނަ ލެގުގެ ކުރިން ޕީއެސްޖީއަށް ބޮޑު މޮޅެއްކުޅިވަރު | މަހެއް ކުރިންޗެންޕިއަން ޕީއެސްޖީ ނޭވާ ހޮޅީގައި ގަދަ 16 އަށްކުޅިވަރު | 2 މަސް ކުރިން