logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ކުޅިވަރު

ޕީއެސްޖީ ބަލިވެ ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރުހީވެއްޖެ

އަބްދުﷲ ޣާނިމް
14 ފެބްރުއަރީ 2026 - 03:55
ޕީއެސްޖީ ބަލިވެ ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރުހީވެއްޖެ

ރޭގައި ލީގުގައި ކުޅުނު މެޗުން ޕީއެސްޖީ 3-1 އިން ބަލިވުމާ ގުޅިގެން، ހޮނިހިރު ދުވަހު ޕެރިސް އެފްސީއާ ދެކޮޅަށް ކުޅޭ މެޗުން ލެންސް މޮޅުވެއްޖެނަމަ، ލީގު ތާވަލުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު ޕީއެސްޖީއަށް ހީވެއްޖެއެވެ.

މި ސީޒަނުގައި މިހާތަނަށް ކުޅުނު 35 މެޗުގެ ތެރެއިން ހަ މެޗުން ޕީއެސްޖީ ވަނީ ބަލިވެފައެވެ. މިއީ 2020-21 ވަނަ ސީޒަނަށްފަހު އެ ޓީމު މިހާ އަވަހަށް މިހާ ގިނަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުގައި ޕީއެސްޖީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިން ޑެމްބެލޭ ބުނީ، މިދިޔަ ސީޒަނުގެ ކާމިޔާބީ ތަކުރާރުކުރަން ބޭނުންނަމަ ކުޅުންތެރިން މިއަށްވުރެ ބޮޑަށް ހިތްވަރުގަދަ ކުރަންޖެހޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗަށްފަހު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވަނީ ރެންސްގެ ކުޅުމަށް ތައުރީފުކޮށްފައެވެ. ނަމަވެސް އޭނާގެ ޓީމުން މިއަށްވުރެ ރަނގަޅަށް މަސައްކަތް ކުރަންޖެހޭ ކަމަށް ބުންޏެވެ. އެންރީކޭ ފާހަގަކުރި ގޮތުގައި ފުރަތަމަ ހާފުގައި ޕީއެސްޖީން ގިނަ ފުރުސަތުތަކެއް އުފައްދައި މެޗު ކޮންޓްރޯލް ކުރި ނަމަވެސް، ހާފު ނިމުނީ 1-0 އިން ރެންސް ކުރީގައި އޮވެގެންނެވެ. ރެންސްއިން މަދު ފުރުސަތުތަކެއްގައި ތިން ލަނޑު ޖެހިއިރު، ޕީއެސްޖީއަށް ޖެހުނީ އެންމެ ލަނޑެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ލިވަޕޫލް ބަލިކޮށް ޕީއެސްޖީން ސެމީ ފައިނަލާ ގާތަށް ޖެހިލައިފިކުޅިވަރު | 6 ދުވަސް ކުރިންޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީއިން ވޯލްޑް ޗެންޕިއަން ޗެސްލީ ހުތުރު ގޮތަކަށް ޔޫރަޕުން ބޭރުކޮށްލައިފިކުޅިވަރު | މަހެއް ކުރިންކުލަބް ވޯލްޑްކަޕްގެ ބަދަލުހިފައި ދެވަނަ ލެގުގެ ކުރިން ޕީއެސްޖީއަށް ބޮޑު މޮޅެއްކުޅިވަރު | މަހެއް ކުރިންޗެންޕިއަން ޕީއެސްޖީ ނޭވާ ހޮޅީގައި ގަދަ 16 އަށްކުޅިވަރު | 2 މަސް ކުރިން