ތޫފާން "ޑިޓުވާ" ދަތުރުކުރަނީ ރާއްޖެއާ ދުރަށް
28 ނޮވެމްބަރު 2025 - 07:28

ލަންކާ ސަރަހައްދުގައި އުފެދުނު ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން، ދާނީ ރާއްޖެއާއި ދުރަށްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ތޫފާން "ޑިޓުވާ" މިހާރު ހުރީ ހއ.ކެލާގެ އިރުއުތުރުން، ގާތްގަނޑަކަށް 876 ކިލޯމީޓަރު ދުރުން، ސްރީލަންކާގެ އުތުރު އައްސޭރިފަށުގައިކަމަށެވެ. މިތޫފާން ދަތުރު ކުރަމުންދާނީ އުތުރުހުޅަނގުއުތުރަށް އިންޑިއާގެ އުތުރު ތަމިލްނާޑޫ، ޕޫޑޫޗެރީ އަދި އަންދްރަ ޕްރެދޭޝްގެ ދެކުނު އައްސޭރި ފަށާއި ދިމާއަށް ރާއްޖެއާއި ދުރަށްކަމަށް އެ އިދާރާއިން ބުނެއެވެ.
މިތޫފާނާއި ގުޅިގެން ހުދު ސަމާލު ނެރުނީ މެޓުއޮފީހުގެ އެލާޓް ދަރަޖަ ކުރެވިފައިވާ ސަރަޙައްދަށް ތޫފާން ވަނުމުންކަމަށާއި މިތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރުގައިވެސް ދެކުނާއި މެދުރާއްޖެތެރޭގެ އެކިސަރަހައްދަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތުދެއެވެ. އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވެގެންދާނެ ކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation
މިމަހުގެ މެދުތެރޭގައި ރާއްޖެ ސަރަޙައްދުގައި ބާރުގަދަވަމުންދިޔަ 2 ތޫފާނެއްގެ ސަބަބުން ރާއްޖެއަށް މޫސުން ގޯސްވެ ގުގުރުމާއެކު އެކި ހިސާބުތަކަށްވަނީ ބޯކޮށްވާރޭވެހިފައެވެ.
ރާއްޖެ ސަރަހައްދުގައި އުފެދި ބާރުގަދަވަމުންދިޔަ 2 ތޫފާނެއްގެ ސަބަބުން ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވެ ގުގުރުމާއެކު އެކި ހިސާބުތަކަށްވަނީ ބޯކޮށްވާރޭވެހިފައެވެ.


