logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް އިރުވައި މޫސުން ފެށިއްޖެ

އާމިނަތު ޝަފާ
18 ޑިސެމްބަރު 2025 - 11:16
މޫސުން ގޯސްވުން
މޫސުން ގޯސްވުން

ދިވެހިރާއްޖެއަށް އިރުވައި މޫސުން ފެށިއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި އަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށިފައިވާނީ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީމަހުން ފެށިގެން މާރިޗުމަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެކެވެ. އަދި ހުޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރުމަހުގެ ނިޔަލަށް ދިގުދެމިގެންދާ މޫސުމެކެވެ.

އިރުވައި މޫސުމުގެ އަސަރުތައް އާއްމު ގޮތެއްގައި ޑިސެންބަރުމަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފުތާގެ ތެރޭގައި މެދު ރާއްޖޭގެ އަތޮޅުތަކަށް ފަށައި އަދި ޖަނަވަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށިގެން ދާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.

އިރުވައި މޫސުން ފެށުނުކަމަށް އެ އިދާރާއިން ބަލާ މިންގަނޑެއްގެ ގޮތުގައި ވައިގެ މިސްރާބު އިރުމަތީން ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހުން އަދި މިހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ހިމެނޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރެއެވެ.

ފާއިތުވެދިޔަ ފަސް އަހަރު ރާއްޖެއަށް އިރުވައި މޫސުން ފެށުނު ދުވަސްތަކަކީ:

  • 2021- 20 ޑިސެންބަރު
  • 2022 - 31 ޑިިިސެންބަރު
  • 2023 - 24 ޑިސެންބަރު
  • 2024 - 2 ޖެނުއަރީ
  • 2025 - 17 ޑިސެންބަރު

 މިހާރު ކުރިއަށްދަނީ އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް ކަމުގައިވާ މުލަ ނަކަތެވެ. މުލަ ނަކަތް ކުރިއަށްދަނީ ޑިސެމްބަރުމަހުގެ 10 އަކުން ޑިސެމްބަރުމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށެވެ. މުލަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް އިރުވައި މޫސުން ފެށިއްޖެ ޚަބަރު | 10 ގަޑިއިރު ކުރިންމޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް އޮފީސްޚަބަރު | 3 ދުވަސް ކުރިންސަމާލުވޭ! މާލެ ސަރަހައްދުގައި ނުރައްކާ މިންވަރަށް ވައި ނުސާފުވެ އޮރެންޖް ސަމާލު ނެރެފިޚަބަރު | 6 ދުވަސް ކުރިންތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބަށް ވިއްސާރަކުރާނެ: މެޓް އޮފީސްޚަބަރު | 19 ދުވަސް ކުރިން