logo
Bank of Maldives

Bank of Maldives

ޚަބަރު

ލަންކާއަށް އެހީވުމަށް ހުރިހާ މީޑިއާތަކާ ގުޅިގެން , ޕީއެސްއެމްއިން ޓެލެތޯނެއް ކުރިއަށްގެންދަނީ

އައިޝަތު ނަޝާ
29 ނޮވެމްބަރު 2025 - 11:16
ލަންކާއަށް އެހީވުމަށް ހުރިހާ މީޑިއާތަކާ ގުޅިގެން , ޕީއެސްއެމްއިން ޓެލެތޯނެއް ކުރިއަށްގެންދަނީ

ސްރީލަންކާއަށް ތޫފާން ދިތުވާއާގެ ސަބަބުން ކުރަމުންދާ ގަދަ ވިއްސާރައިގަ ލިބެމުންދާ ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެ ގައުމަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ހާއްސަ ޓެލެތޯނެއް ކުރިއަށްގެންދިއުމަށް ދައުލަތުގެ މީޑިޔާ ޕަބްލިސް ސާވިސް މީޑިޔާ (ޕީއެސްއެމް)އިން ނިންމައިފިއެވެ. 

ޕީއެސްއެމްއިން އިސްވެ ކުރިއަށްގެންދާ މި ޓެލެތޯނުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ނޫސްތަކާއި ޓީވީތަކަށްޕީއެސްއެމްއިން ވަނީ ދައުވަތު ދީފައެވެ. އަދި އާއްމުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، އޮފީސްތައް ފަދަ ހުރިހާ ތަނަކަށްވެސް މި ޓެލެތޯނުގައި ބައިވެރިވެވޭނެއެވެ. މި ޓެލަތޯނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:00 އިން މެންދަމު 1:00 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގައުމަށް ކުރިމަތިވި މޫސުމީ ކާރިސާގައި އެ ގައުމުގެ ބޮޑު ބައެއްގައި ފެންބޮޑުވެ، ވަރަަށް ގިނަ ސަރަހައްދުތަކުން ބިން ކަނޑައިގެން ދިއުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެ، އެތައް ބަޔަކު މަރުވެފައިވާއިރު، އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ބައިނަލްއަގުވާމީ މުޖުތަމަައުން އަންނަނީ ކުރަމުންނެވެ. 

ލަންކާއަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެ ގާތް ގުޅުމެއް އޮންނަ ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ އެއް ގައުމަށްވާއިރު، މިހާރުވެސް ގިނަ އަދަދަކަށް ދިވެހިން ލަންކާގައި އެކި ބޭނުންތަކުގައި ދިރިއުޅެއެވެ. ކިޔަވާ ކުދިންނާއި ބޭސްފަރުވާ ހޯދުމަށް ލަންކާއަށް ގޮސް އެގައުމުގައި ދިރިއުޅޭ މީހުން އޭގެ ތެރޭގައި ހިމެނެއެވެ.

ސަރުކާރުންވަނީ ލަންކާއަށް އެހީތެރިވުމުގެ ގޮތުން 50،000 އެމެރިކާ ޑޮލަރާއި، 25،000 މަސްދަޅު ހަދިޔާކުރަން ނިންމާފަައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7 ގެ ތަރިއަކީ ޝަހާމާޚަބަރު | 9 ދުވަސް ކުރިން މީހަކު މަރާލި މައްސަލައެއްގައި ތުހުމަތުވާ މީހަކު ރާއްޖޭން ލަންކާއަށް ފޮނުވާލައިފިޚަބަރު | 21 ދުވަސް ކުރިންލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ލިބޭނެގޮތް ހެދުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 މަސް ކުރިންލަންކާއަށް އެތެރެވުމަށް އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފިޚަބަރު | 2 މަސް ކުރިން